ސްޕެއިންގެ ކުރީގެ ތަރި އަދި މިހާރުގެ ބާސެލޯނާ (ބާސާ) ގެ ކޯޗު ޒާވީ

ކުޅިވަރު

ބޭނުންވަނީ މޮޅަށް ކުޅެގެން ބާސާ ކިބައިން ބަދަލު ހިފަން : ކޯޗް ޒާވީ

އަލީ އަޒްޔަން - ޔޫރަޕް | 12 އޮކްޓޯބަރ 2022 , ބުދަ 12:07   330

ޗެމްޕިއަންސް ލީގުގައި، ބާސެލޯނާ (ބާސާ) އޮތީ ވަރަށް ބޮޑު އަނދަވަޅެއްގައިކަމަށް ޤަބޫލުކުރާކަމަށް އެޓީމުގެ ކޯޗު ޒާވީ އެއްބަސްވެއްޖެއެވެ. ނަމަވެސް ކުރިއަށް އިންޓަރ މިލާން (އިންޓާރ) މެޗުގައި ނިކުންނާނީ މޮޅުވާން ކަމާށާއި ބަދަލު ހިފަންކަމަށެވެ.

މި ދެޓީމް މީގެ ކުރިން ބައްދަލުކުރި މެޗުން ބާސާ ވަނީ ބަލިވެފައެވެ. އިންޓާރ އިން މިހާރު އޮތީ ބާސާއަށް ވުރެ ތިން ޕޮއިންޓް ކުރީގައެވެ. ބާކީ ކުޅެން އޮތީ ތިން މެޗެވެ. ކުރިއަށް އޮތް މެޗުން މޮޅުވެއްޖެނަމަ އެޓީމަށް ކުރިއަށް ދިއުމުގެ ފުރުޞަތު ވަރަށް ބޮޑަށް ބޮޑުވެގެންދާނެއެވެ.

"މިއީ ވަރަށް ޚާއްޞަ މެޗެއް. އަހަރުމެން ކުރިން މެޗަށް ރަނގަޅަށް ހޯމްވޯކެއް ނަހަދަން. ތައްޔާރު ނުވެވި ނިކުތީ. އެހެންވެ އެވޭ މެޗް ގެއްލުނީ" އަންގާރަ ދުވަހު ޒާވީ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނެފައިވެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.