މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ (37އ) ރޮނާލްޑޯ ދަނޑުމަތީގައި

ކުޅިވަރު

ސަޕޯޓަރެއްގެ ފޯނު ވައްޓާލި މައްސަލައިގައި ރޮނާލްޑޯ އަށް އަދަބުދީފި

އަލީ އަޒްޔަން - ޔޫރަޕް | 13 އޮކްޓޯބަރ 2022 , ބުރާސްފަތި 09:59   410

މިދިޔަ ސީޒަނުގައި އެވަރޓަންގައި ކުޅުނު މެޗަކަށްފަހު ހިންގި ބޭއަދަބީ ޢަމަލު ތަކަކާއި ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް، އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުގެ ފިޔަވަޅުތަކާއި ކުރިމަތި ލާންޖެހިފައިވާކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޑް އެރިން ޓެން ހެގް ބުނެފިއެވެ.

ރޮނާލްޑޯ އަށް މިފަދަ ފިޔަވަޅުތަކަކާއި ކުރިމަތިލާން މިޖެހުނީ، އޭޕްރިލް މަހު ގޮޑިސަން ޕާކުގައި ކުޅުނު މެޗަށްފަހު 1-0 އިން ޓީމު ބަލިވުމުން، ދަނޑުން ފޭބި ވަގުތު ސަޕޯޓަރެއްގެ ފޯނަށް ހަމަލާދީފައިވާތީއެވެ.

އީއެސްޕީއެން އިން ބުނާގޮތުން، ޔުނައިޓެޑުން، އަދި ރޮނާލްޑޯ ވެސް މިޙާދިސާ ހިނގިކަމާއިމެދު އިންކާރުކޮށްފައިނުވެއެވެ. އެޓީމުން ދަނީ ސަސްޕެންޝަނަކާއި ދިމާލަށް މަސައްކަތްކުރަމުންނެވެ. އެއީ، އެފަދަ އަދަބަކީ "އެކަށީގެންނުވާ" އަދަބެއްކަމަށް ޤަބޫލުކުރާތީއެވެ.

އަހަރުމެން ފިޔަވަޅާއި މެދު ވާހަކަ ދައްކައިފިން. އޭނާ [ރޮނާލްޑޯ] ހުރީ އެކަން ޤަބޫލުކުރާ ގޮތަކަށް ނޫން

~ ޓެން ހެގް، މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު

ރޮނާލްޑޯ ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ޖެހި 700 ވަނަ ގޯލު އާދީއްތަ ދުވަހު އެވަރޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖަހާފައެވެ. އެމެޗުން ޔުނައިޓެޑް ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.