އިނގިރޭސިވިލާތު ޓީމުގެ ޑިފެންޑަރު ޗެލްސީގެ ރީސް ޖޭމްސް، ޗެލްސީ ޓީމުގެ ޑިފެންޑަރ

ކުޅިވަރު

ޖޭމްސް, ކަކުލު ހުޅަށް ލބިފައިވާ އަނިޔާގެ ސަބަބުން ވޯލްޑް ކަޕް މުބާރާތް ނުކުޅެވޭ

ރާނިއާ - ޔޫރަޕް | 16 އޮކްޓޯބަރ 2022 , އާދީއްތަ 13:46   176

ރީސް ޖޭމްސްގެ ކަކުލު ހުޅަށް އަނިޔާ ލިބިފައިވުމާއި އެކުވެސް އޭނާ ވަނީ ވޯލޑް ކަޕް މުބާރާތުގައި ބައިވެރިވާނެކަމަށް މީގެކުރިން ބުނެފައެވެ. ނަމަވެސް ޗެލްސީ އިން ވަނީ ކުރިޔަށް އޮތް 8 ހަފްތާގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ބުނެފައެވެ.

22 އަހަރުގެ ޖޭމްސްއަށް މި އަނިޔާ ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި އޭސީ. މިލާނާއި ދެކޮޅަށް 0-2 އިން ކާމިޔާބު ހޯދި މެޗުގެ ދެވަނަ ހާފުގައެވެ. އަދި ދަނޑުން އޭނާ ފައިބާފައިވަނީ މި އަނިޔާތަކަށް ފަރުވާހޯދުމަށެވެ.

މަސްދަރުތައް ބުނާ ގޮތުން. އީއެސްޕީއެންއާއި މުހާތަބުކޮށް ޖޭމްސް ސާޖަރީ ހަދަން ނުޖެހޭ ކަމަށް ބުނެފައިވެއެވެ. "ރީސްއަށް އަހަރުމެން އޭސީ މިލާނައި ދެކޮޅަށް ކުޅުނު މެޗުގައި ލިބިފައިވާ އަނިޔާތަކާއި ގުޅިގެން ޗެލްސީގެ މެޑިކަލް ޑިޕާޓްމެންޓުންވަނީ ފަރުވާ ދީފައި. އަދި ސްޕްޝަލިސްޓަކަށްވެސް ވަނީ މި ހަފްތާ ބަންދުގއި ދައްކާފައި"، ޗެލްސީއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ވޯލްޑް ކަޕް ފައިނަލްސް ޤަތަރުގައި ނޮވެމްބަރ 20 ވަނަ ދުވަހު ފެށުނުކަމުގައި ވިޔަސް ޖޭމްސް ހާޒިރީގައި ހުރުން ވަރަށް އެކަށީގެން ނުވެއެވެ. އިންގިރޭސިވިލާތުގެ ކެމްޕޭން އޭގެ އަނެއް ދުވަހު އިރާނައި ދެކޮޅަށް ފެށޭކަންވެސް ފާހަގަކޮށްލެވެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.