ޝަރަފުއްދީން ސްކޫލަކީ މީގެ 30 އަހަރު ކުރިން އަތޮޅުތެރޭގައި ހެދި އެންމެ ވަޞީލަތްތައް ރަނގަޅު, އޭރުގެ އެންމެ ބޮޑު އެއް ސްކޫލެވެ. މިހާރުވެސް އައްޑޫގެ އެންމެ ދަރިވަރުން ގިނަ ސްކޫލެވެ.
އެސްކޫލުން ވަނީ ގިނަ ދުވަސްތަކަކަށްފަހު އެސްކޫލްގެ ޔުނިފޯމަށް ބަދަލުތަކެއް ނެގެސްފައެވެ.
އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް ހުސެން މުސައްވިރު ވިދާޅުވީ، ޔުނިފޯމަށް ބަދަލު ގެނައިއިރު ވަރަށް ބޮޑަށް ސްކޫލްގެ ކުލަތައްކަމުގައިވާ މެރޫން އަދި ގޯލްޑް ކުލަތައް ހިމެނިފައިވާނެކަމަށެވެ.
އަޅުގަނޑުމެންނަށް ވަރަށް ތާރީޚީ ދުވަހެއް މިއަދަކީ. ޝަރަފުއްދީން ސްކޫލްގެ ތާރީޚުގައި އާ ސޮފްޙާއެއް ލިޔެވިގެންދާ ދުވަހެއް މިއަދަކީ. ސްކޫލްގެ 99 ޕަސެންޓް ދަރިވަރުން އާ ޔުނިފޯމު ހޯދައިފި. މިކަން މިހާ ފުރިހަމަކޮށް ގެންދެވުނީ، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި މަޝްވަރާ އާއިއެކު. ޔުނިފޯމަކީ، ފޯމަލް ގޮތެއް ހުރި ޔުނިފޯމެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ބަލައިގަންނަކަން ވެސް އަޅުގަނޑު ފާހަގަކުރަން. ފުރަތަމަ މަސައްކަތްކުރެވުނީ 2021 ގައި ޔުނިފޯމްލާން. އެކަމަކު ކޮވިޑުގެ ބަލިމަޑުކަމާއިއެކު ލަސްކުރަންޖެހުނު. ހުރިހާ އެންމެންގެ ވެސް ބަހެއް އޮވެގެން އަޅުގަނޑުމެން މި ޔުނިފޯމް ފައިނަލްކުރީ.
~ ހުސެން މުސައްވިރު، ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް


ޝަރަފުއްދީން ސްކޫލަކީ އައްޑޫގެ އެންމެ އާބާދީ ބޮޑު ސްކޫލްކަމަށް ފާހަގަކުރައްވަމުން، ސޮފްވާން ޝަފީޤް ވިދާޅުވީ، މިވަގުތު ވެސް އެސްކޫލުގައި 1150 އަށްވުރެ ގިނަ ދަރިވަރުން ތަޢްލީމު ޙާޞިލުކުރަމުންދާކަމަށެވެ.
ހިތަދޫގެ އެންމެ ބައިބޯ ސަރަޙައްދުގައި މިސްކޫލް މިހުރީ. ދެން އެހެން ރަށްރަށުންވެސް އެންމެ ގިނަ ޢަދަދަކަށް ދަރިވަރުން އަންނަނީ މިސްކޫލަށް. މިސްކޫލުން އަންނަނީ އޯލެވެލްގައި ވެސް ޤައުމީ ފެންވަރުގައި ވަނަތައް ޙާޞިލްކުރަމުން. އެހެންކަމުން ޖާގަ އާއި ވަޞީލަތްތަކުގެ ދަތިކަން ވެސް އެބައޮތް. ސަރުކާރުން މިހާރުވެސް އިތުރު 18 ކްލާހެއް އެޅުމުގެ މަސައްކަތް އެބަކުރައްވާ.
~ ސޮފްވާން ޝަފީޤް، ޝަރަފުއްދީން ސްކޫލްގެ ލީޑިންގ ޓީޗަރ
އިތުރަށް ސޮފްވާން ވިދާޅުވީ، ދަރިވަރުންނާއި، ބެލެނިވެރިން، އަދި ޓީޗަރުންގެ ވެސް ޝަކުވާއަކަށް މިވަގުތު އޮތީ ސްކޫލްގެ ހޯލްގެ ކުޑަކަމުގެ ޝަކުވާކަމަށެވެ.
1992 ވަނަ އަހަރު ހުޅުވިގެން ދިޔައިރު އެސްކޫލްކީ 500 ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވުނު ސްކޫލެކެވެ.
ސޮފްވާން ވަނީ، ސްކޫލްގެ ކާމިޔާބީތަކުގެ ފަހަތުގައި ތިއްބެވި ޓީޗަކުންނާއި ބެލެވެރިންނަށް ވަރަށްބޮޑަށް ޝުކުރުއަދާ ކުރައްވާފައެވެ. ސޮފްވާން ވިދާޅުވީ، ގިނަ ޓީޗަރުން ސްކޫލްގައި ވަގުތައް ހޭދަކުރައްވަނީ އިތުރު ގަޑީގެ ފައިސާއަށް ބެއްލުވުމެއް ނެތިކަމަށެވެ. އަދި ސްކޫލްގެ ޕީޓީއޭ އިންވެސް އިޖްތިމާޢީ ރަގަޅު ގުޅުމެއް އުފައްދަން މަސައްކަތްކުރައްވާތީ އުފާ ކުރައްވާކަމަށެވެ.
ސްކޫލްގެ ޕްރިންސިޕަލް ހުސެން މުސައްވިރު ދެއްވި ޚާއްޞަ އިންޓަވިއު
މިލިޔުމާއި ގުޅޭ ފޮޓޯތައް [ފޭސްބުކް ޕޭޖުގައި - އަޅުގަނޑުމެން ފޮލޯ ކުރައްވާ]
މިލިޔުމާއި ގުޅޭ :
ޝަރަފުއްދީން ސްކޫލްގެ އިނާމްދިނުން، 4 ދަރިވަރަކަށް މުޅި ރާއްޖެއިން އެއްވަނަ ދަރަޖަ
ތިމާވެށީގެ ދުވަސް، ވާހަކަލިޔުމުގެ މުބާރާތުން މުޅިރާއްޖެއިން 1ވަނަ ޝަރަފުއްދީން ސްކޫލަށް
އެތްލެޓިކްސް: 17 އަހަރުން ދަށް، އަންހެން އެއްވަނަ ޝަރަފުއްދީން ސްކޫލަށް