ޒިނިއްދީން ޒިދާން، ފްރާންސްގެ ޕްރޮފެޝެނަލް ފުޓްބޯލަރ އަދި މެނޭޖަރ

ކުޅިވަރު

ޒިދާން :ކޯޗިންއަށް އެނބުރި އައުން ކައިރި

ރާނިއާ - ޔޫރަޕް | 26 އޮކްޓޯބަރ 2022 , ބުދަ 10:38   276

2021 ވަނަ އަހަރު މޭއި މަހު ރިއަލް މެޑްރިޑް ދޫކޮށްދިޔަފަހުން ކޯޗުކޮށްދީފައި ނުވާ ޒިނިއްދީން ޒިދާން ބެންޗަށް އެނބުރި އައުމުގެ ޢިޝާރާތެއްކޮށްފިއެވެ.

ފްރާންސްގެ ކުރީގެ ކުޅުންތެރިޔާ ވަނީ ރިއަލް މެޑްރިޑްގެ ކޯޗުކަމުގައި ހޭދަކުރި ދެފަހަރުވެސް ތިން ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ސެންޓަންޑާގެ ޗެމްޕިއަންކަން ހޯދާފައެވެ.

ނަމަވެސް މިދިޔަ އަހަރު އޭނާ ކޯޗުކަމުން ވަކިވި ފަހުން ޔޫރަޕްގެ އެކި ސަރަޙައްދުތަކުން ގިނަ އަދަދެއްގެ ހައި ޕްރޮފައިލް ރޯލުތަކާ ގުޅޭގޮތުން ބެލިނަމަވެސް އޭނާ އިތުރު ވަޒީފާއެއް ބަލައިނުގަތެވެ.ހުށަހެޅުމެއް ބަލައިގެންފައި ނުވެއެވެ.

"ވަރަށް އަވަހަށް..." އާރްއެމްސީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަނެއްކާވެސް ބެންޗެއްގައި އޭނާ ފެންނާނެ ދުވަހަކީ ކޮބާތޯ ސުވާލުކޮށްލަމުން ޖަވާބު ދެމުން ޒިދާން ހިނިތުންވުމަކާއެކު ބުންނެފައިވެއެވެ.

"މިވަގުތު އަހަރެން ވަގުތު ހޭދަމިކުރަނީ އަމިއްލަ އުފަލުގައި، ނަމަވެސް [ކޯޗިންއަށް] އަވަސް މުސްތަގްބަލެއްގައި އެނބުރި ދާނަން." ޒިދާން ވަނީ ބުނެފައެެވެ.

ފްރާންސްގެ އާ ކޯޗުކަމަށް ޒިދާން ވެގެންދިއުން ގާތެވެ. ފްރާންސްގައި ގިނަ މަސްތަކެއް ވަންދެން ޕީއެސްޖީއާ ގުޅުން ބަދަހިކޮށްފައިވާ އުމުރުން 50 އަހަރުގެ ޒިދާން މި ވާހަކަތައް ދެއްކީ ޕެރިހުގައި ގްރެވިން މިއުޒިއަމްގައި ވެކްސް ސްޓޭޗުއެއް ދައްކާލުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ޓެގްސް: ފްރާންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.