ޕީއެސްޖީގެ ފޯވާޑް، ނޭމާ

ކުޅިވަރު

ސްޕެއިންގެ ޕްރޮސެކިއުޓަރުން ނޭމާ އާއި އެހެން ބައެއްގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލްކޮށްފި

ރާނިއާ - ޔޫރަޕް | 30 އޮކްޓޯބަރ 2022 , އާދީއްތަ 14:22   208

ސްޕެއިންގެ ޕީޖީއިންވަނީ ފުޓުބޯޅަކުޅުންތެރިޔާ ނޭމާއައި އަދި އިތުރު ބައެއްގެ މައްޗަށް 2013 ވަމަ އަހަރު ސަންޓޮސްއިން ބާސިލޯނާއަށް ބަދަލުވުމައި ގުޅިގެން އުފުލާފައިވާ ކޮރަޕްޝަންއައި ހީލަތުގެ މައްސަލައިގެ ޝަރީއަތު ބާތިލުކޮށްފައެވެ.

އުމުރުން 30 އަހަރުގެ ނޭމާވަނީ 2011 ވަނަ އަހަރު ސަންޓޮސްއިން ބާސެލޯނާއަށް ބަދަލުވުމަށްވެވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ބޭއްވުނު މަޝްވަރާތަކުގައި ބައިވެރިވެފައިވާ ކަމެއް ހަނދާންނުވާ ކަމަށް ބުނެފައެވެ.

ޕީޖީއިން މައްސަލަ ސާބިތުވިނަމަ ނޭމާގެ މައްޗަށް 10 މިލިއަން ޔޫރޯގެ ޖޫރިމައިނާގެ އިތުރުން 2 އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް ނޭމާ އަދާކުރަން ޖެހުނީހެވެ.

ނޭމާއަކީ ކޮރަޕްޝަނާއި ގުޅުން ހުރި ދައުވާތަކުގައި ޝަރީއަތް ހިންގި ނުވަ މީހުންގެ ތެރެއިން އެކަކެވެ. އަދި ނޭމާގެ މައިންބަފައިންްގެ އިތުރުން، އޭނާގެ ކަންކަން ބަލަހައްޓާ 'އެން އެންޑް އެން' ކުންފުނިވެސް ހިމެނެއެވެ.

ޑީއައިއެސް އިން ޖައްސާފައިވާ މައްސަލައަކީ، ނޭމާ އާއި ބާސެލޯނާ އަދި ބްރެޒިލްގެ ކްލަބުން ގުޅިގެން އޭނާގެ ޓްރާންސްފާގެ ހަގީގީ ހަރަދު ފޮރުވައި ޑީއައިއެސްގެ މާލީ މަސްލަހަތު އޮޅުވާލީކަމަށެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.