ނޮވެމްބަރު 10 ވަނަ ދުވަހު 'ފްނޮމްޕެން' ގައި ބާއްވާ ސަމިޓެގެ ކުރިން އިރުމަތީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ލީޑަރުން ކެމްބޯޑިއާގެ ރަސްގެފާނަށް ކުރެއްވިދަތުރެއްގައި

ދުނިޔެ

އޭޝިޔާގައި ބޮޑެތި ބާރުތަކުގެ ބައްދަލުވުމާއިއެކު، އެހެން ގައުމުތަކުން ވެސް ކޮޅެއް ނަގަން މަޖުބޫރުކޮށްފި

ރާނިއާ - ދުނިޔެ | 13 ނޮވެންބަރު 2022 , އާދީއްތަ 14:54   153

ކުރިއަށް އޮތް ހަފްތާގާއި އިރުމަތީ ދެކުނު އޭޝިޔާގައި ބާއްވާ ސިލްސިލާ ބައިނަލްއަގްވާމީ ސަމިޓްތަކުގެ ފުރަތަމަ ސަމިޓަށް ދުނިޔޭގެ ލީޑަރުން މި ހަފްތާ ބަންދުގައި ފްނޮމްޕެންގައި އެއްވެ ތިބެއެވެ. އަދި ބޮޑެތި ބާރުތަކުގެ މެދުގައި ބައިބައިވެފާއި ވުމާއި، ހިތްހަމަ ނުޖެހުން އިތުރުވެފާއި އޮތް މިދަނޑިވަޅުގެ ސަބަބުން މަޝްވަރާތަކަށް ޅޮޅުން އެރުން އެކަށީގެންވެއެވެ.

މިސަމިޓަކީ ބައިނަލްއަގްވާމީ މައްސަލަތައް ހައްލު ކުރުމަށް ގައުމުތަކުން އެކުގާއި މަސައްކަތް ކުރެވޭނެ ކަމުގެ އިމްތިހާނެކެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔޭގެ އިންފްލޭޝަން އަދި ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުގެ ސަބަބުން ކާބޯތަކެތީގެ އަގު ބޮޑުވުމާއި، ކޯވިޑް-19 ގެ ބަލިމަޑުކަމުން އިގްތިސާދު ކުރިއަރުވަން އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މި ސަމިޓުގައި މަޝްވަރާކުރެވޭނެއެވެ.

ފާއިތުވި ދިހަ އަހަރު ދުވަސްވަރުތެރޭ ފެނިގެން ނުދާ ވަރަށް ބައިނަލްއަގްވާމީ ސިޔާސީ ވަނީ ބައިބައިވެފައެވެ. ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ހުޅަނގާއި ރަޝިޔާގެ ގުޅުން ވަރަށް ބޮޑަށް ބަދަލުވެފައިވާތީ، ދުނިޔޭގެ އެންމެ މަތީ ދެ އިގްތިސާދު އެމެރިކާ އާއި ޗައިނާގެ ދެމެދުގާއި އޮތް ވާދަވެރިކަން ވަނީ އިތުރުވެފައެވެ. އަދި މިހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކުން ވަކި ކޮޅެއް ނެގުމަށް މަޖުބޫރުކުރުވައެވެ.

ރަޝިޔާގެ ލީޑަރު ވްލާޑަމިޔާ ޕުޓިން މި ބައްދަލުވުމުގާއި ހާޒިރީ ދިނުން އެކަށީގެން ނުވެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ލީޑަރު ޝީ ޖިންޕިންގް ވެސް އިރުމަތީ ދެކުނު އޭޝިއާގައި ބާއްވާ ދެ ސަމިޓެއްގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އިރުމަތީ ދެކުނު އޭޝިއާ އަކީ ބެއިޖިން އާއި ވޮޝިންޓަންއާއި ދެގައުމަށްވެސް ބާރު ނުފޯރުވޭނެގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ވެސް 'ގްރައުންޑް ޒީރޯ' ސަރަހެއްދެކެވެ.

ޝީ އަލުން ދުނިޔޭގެ މައިދާނަށް އަރަމުން އަންނަނީ ކޯވިޑް-19ގެ ދުވަސްވަރު ދަތުރުފަތުރު ނުކޮށް އަހަރުތަކެއް ފަހުން، ވެރިކަމުގެ އުސޫލު މުގުރާލާ ތިން ވަނަ ދައުރެއް ކަށަވަރު މުރުމަށްފަހުއެވެ. އަދި ބައިޑަން އެމެރިކާގެ މެދު ދައުރުގެ އިންތިޚާބުގައި އޭނާގެ ޕާޓީން ހީކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމުގެ ފަހުން އިރުމައްޗަށް ދަތުރު ކުރުއްވާނެއެވެ. އަދި މިދެގައުމުގެ މެދުގައި މަޝްވަރާ ކުރުމަކީ ބާރުތަކުގެ މެދުގައި އުފެދިފައިވާ ފިތުނަތައް އިތުރުވުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމަކަށްވެސް ވެގެންދާނެއެވެ.

ޓެގްސް: އާސިއާން އިރުމަތީ އޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.