ޓުއާން ޓުއާން އަކީ ޗައިނާއާއި ޓައިވާނުގެ ގުޅުން ރަނގަޅު އިރު ޗައިނާއިން ޓައިވާނަށް ދީފައިވާ ހަދިޔާއެއް

ދުނިޔެ

ޗައިނާއިން ޓައިވާނަށް ހަދިޔާކޮށްފައިވާ ޕެންޑާ މަރުވެއްޖެ

ރާނިއާ - އޭޝިއާ | 23 ނޮވެންބަރު 2022 , ބުދަ 10:31   167

ޗައިނާއިން 2008 ވަނަ އަހަރު ޓައިވާނަށް ހަދިޔާކޮށްފައިވާ ޖަޔަންޓް ޕެންޑާގެ ސިއްހަތު ގޯސްވެ މަރުވެއްޖެ ކަމަށް ޓައިޕޭ ޒުލުން ވަނީ ބުނެފައެވެ.

ޓުއާން ޓުއާން އަދި އޭނާގެ ޖޯޑުގެ ޔުއާން ޔުއާން ޗައިނާއިން ޓައިވާނަށް ހަދިޔާކޮށްފައިވަނީ މި ދެގައުމުގެ ގުޅުން ބަދަހިކޮށް އޮތް ދުވަސްވަރެއްގައެވެ.

އެފަހުން އަވަށްޓެރި ދެގައުމުގެ ގުޅުންވެސް ވަނީ ފަހުން ގޯސްވެފައެވެ. ޗައިނާއިން ގަބޫލުކުރާ ގޮތުގައި ބެއިޖިން އަކީ އެމީހުންގެ ބާރުގެ ދަށުގައި އޮންނަން ޖެހޭ ސަރަހައްދެކެވެ. އަދި ބެއިޖިން އިން ވަނީ ފާއިތުވިދިޔަ އަހަރުތަކުގާއި އިތުރަށް ހަގުރާމަވެރިވެސް ވެފައެވެ.

ޓައިޕޭގެ ޒުލަށް އެންމެ ފުރަތަމަ ޓުއާން ޓުއާން ބަލިކަން ފާހަގަކުރެވިފައިވަނީ މި ޕެންޑާއަށް އޮގަސްޓް މަހު ފިޓު ޖެހެން ފެށުމުންނެވެ.

ޗައިނާގެ ވެޓްސް ނުވަތަ ޖަނަވާރާއި ގުޅޭ ޑޮކްޓަރުން ވަނީ ޓައިވާނަށް އައިސް ޓުއާން ޓުއާން ބަލާއި، ސްކޭން ކުރުމަށް ފަހު އޭނާގެ ސިކުނޑީގައި ޓިއުމަރެއް ހުރިކަން ވަނީ ކަށަވަރުކޮށްފައެވެ. އަދި އެއަށް ފަހު ޓުއާން ޓުއާން އަށް ބޭސް ވެސް ވަނީ ފަށާފައެވެ.

ޒޫ އިން ނެރެފައިވާ ބަޔާނުގާއި ބުނެފައި ވަނީ 18 އަހަރުގެ ޕެންޑާގެ ހާލަތު "ދެން ރަނގަޅު ނުވާނެ" ކަމަށާއި އޭނާއަށް ދެން "ކޮލިޓީ ލައިފްއެއް އުޅެވޭކަށް ނެތް" ކަމަށެވެ.

މިލިޔުމާއި ގުޅޭ:

ޓައިވާނުން ލޯބިލޯބި ޕެންޑާއަށް ފަރުވާދިނުމަށް ޗައިނާގެ ތަޖުރިބާކާރުންގެ އެހީހޯދަނީ

ޓެގްސް: ތިމާވެށި ޓައިވާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.