ޗައިނާގެ ބެއިޖިންގެ އެޕަލް ސްޓޯރެއް

ވިޔަފާރި

އެޕަލްގެ ބާޒާރުގެ ހިއްސާގެ އަގު ދެ ޓްރިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފި

ރާނިއާ - ދުނިޔެ | 5 ޖެނުއަރީ 2023 , ބުރާސްފަތި 08:50   296

މިދިޔަ އަހަރު އެޕަލް އިންކްގެ ބާޒާރުގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ދަށްވެ، 2021 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން ފުރަތަމަ ފަހަރަށް ދެ ޓްރިލިއަން ޑޮލަރަށް ވުރެ އެ ކުންފުނީގެ ބާޒާރުގެ ހިއްސާ ވަނީ ދަށަށް ގޮސްފައިވެ އެވެ.

މި ހާދިސާ ހިންގާފއި ވަނީ އައިފޯން އުފައްދާ ކުންފުނި 3 ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕިޓަލައިޒޭޝަން މައިލްސްޓޯން އަށް ވާސިލްވި ފުރަތަމަ ކުންފުންޏަށް ވެގެން ދިޔަތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

އަދި ދުނިޔޭގެ އިގްތިސާދު މަޑުޖެހި، އިންފްލޭޝަން މަތިވުމުން އެޕަލް ޑިވައިސްތަކުގެ ޑިމާންޑަށް ގެއްލުން ލިބިދާނެ ކަމުގެ ކަންބޮޑުވުން އިތުރަށް ބޮޑުވަމުން އަންނަ ކަމަށް ނިކޭ އިން ރިޕޯޓްކޮށްފައިވާއިރު، ނަން ނުޖެހި ސަޕްލައި ކުރާ ފަރާތަކަށް ހަވާލާދީ އެޕަލް އިން ވަނީ އެޕަލްގެ އެއާޕޮޑްއާއި ގަޑި އަދި ލެޕްޓޮޕްގެ ބައިތަކުގެ އުފެއްދުން މަދުކުރުމަށް ބުނެފައި ކަމަށްވެއެވެ.

އެޕަލްގެ ހިއްސާގެ އަގު ދަށްވުމުން އެޕަލްގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 1.99 ޓްރިލިއަން ޑޮލަރަށް ވެއްޓިފައެވެ.

އެޕަލްގެ މިހާރުގެ ހިއްސާގެ އަގަށް ބަލާއިރު، އެ ކުންފުނީގެ އަގު ގާތްގަނޑަކަށް 1.8 ޓްރިލިއަން ޑޮލަރަށް އަރާ މައިކްރޮސޮފްޓް ކޯޕަރޭޝަނަށް ވުރެ ކުޑަ ތަންކޮޅެއް ކުރިއަރާފައިވާ ކަމަށް ފާހަގަ ކުރެވެއެވެ.

ކޮންސިއުމަރ ޑިމާންޑާއި މެދު އިންވެސްޓަރުން ކަންބޮޑުވާއިރު، އެވްރެޖްކޮށް އެނަލިސްޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާތަކުގައި ކެލިފޯނިއާގެ ކުޕާޓިނޯ ކުންފުނީގެ ޑިސެމްބަރު ކުއާޓަރުގެ އާމްދަނީ އެއް ޕަސެންޓް ދަށްވާނެ ކަމަށް ރެފިނިޓިވް އިން ބުނެއެވެ. މިއީ 2019 ވަނަ އަހަރުގެ މާޗް ކުއާޓަރަށް ފަހު އެޕަލްގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ ދަށްވުމެވެ.

މިދިޔަ އަހަރު 27 އިންސައްތައަށް ދަށްވި ފަހުން ވެސް އެޕަލް އިން ވަނީ ދިގު މުއްދަތުގެ ހިއްސާދާރުންނަށް ރަނގަޅު ނަތީޖާ ފޯރުކޮށްދީފަ އެވެ. 2007 ވަނަ އަހަރު ކޯ ފައުންޑަރ ސްޓީވް ޖޮބްސް އައިފޯން ނެރުނުއިރު އެޕަލްގެ ހިއްސާ ގަނެ ހިފެހެއްޓި އިންވެސްޓަރުންނަށް ޑިވިޑެންޑް ނުހިމަނައި 4،000 އިންސައްތައަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ހަމަ އެ މުއްދަތުގައި އެސް އެންޑް ޕީ 500 އަށް 180 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެ އެވެ.

ޓެގްސް: ޗައިނާ އެޕަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.