ފަރަންސޭސި ހުނަރުވެރި ކުޅުންތެރިޔާ، ކިލިއަން އެމްބާޕޭ

ކުޅިވަރު

އެމްބާޕޭ ފަސް ގޯލުޖަހައި، ފްރެންޗްކަޕްގެ ދެވަނަ ބުރަށް ޕީއެސްޖީ ދަތުރުކޮށްފި

އިސްސާދާ - ދުނިޔެ | 25 ޖެނުއަރީ 2023 , ބުދަ 08:18   272

ފަރަންސޭސި ޤައުމީޓީމުގެ ވެސް ކުޅުންތެރިޔާ، ޕީއެސްޖީގެ ކިލިއަން އެމްބާޕޭ، އެޓީމް ޕޭސް ޑި ކަސޭލް އާއި ދެކޮޅަށް ކުޅުނު މެޗުގައި 5 ގޯލު ޖަހައިދީ އެ ޓީމު މުބާރާތުގެ ގަދަ 16 އަށް ގެންގޮސްދީފިއެވެ.

މެޗުގައި އެމްބާޕޭ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ހެޓްރިކް ވެސް ހަދާފައެވެ. މިސީޒަނުގައި އޭނާ ވަނީ 24 މެޗުން 25 ގޯލު ޓީމަށް ކާމިޔާބުކޮށްދީފައެވެ.

ކަސޭލް އަކީ ފަރަންސޭސި ހަވަނަ ޑިވިޝަނުގެ ޓީމެކެވެ. މިމެޗުގެ ނިމުނީ 7-0 ގެ ނަތީޖާއިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ 29 މިނެޓްވަންދެން ކަސޭލް އިން ހިފެހެއްޓި ނަމަވެސް، އެމްބާޕޭގެ ފުރަތަމަ ގޯލާއިއެކު ދެން ގޯލު ހުޅުވި ގޯލުތައް އޮހެން ފެށިއެވެ.

ޓެގްސް: ޕީއެސްޖީ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.