އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮދީ، ރަޝިއާގެ ރައީސް ވްލާޑްމީރް ޕުޓިން އާއި އެކު

ދުނިޔެ

ދުނިޔޭގެ ޕްރެޝަރު އޮތަސް، އިންޑިއާއިން 3 މިލިއަން ފީފާ ތެޔޮ ރަޝިއާއިން ގަނެފި

އަލީ އަޒްޔަން - އޭޝިއާ | 19 މާރޗް 2022 , ހޮނިހިރު 11:21   313

ހުޅަނގުގެ ޕްރެޝަރަށް ބޮލާލައި އިންޑިއާގެ ހަކަތަ ބޭނުންވާ މިންވަރު ފުއްދުމަށްޓަކައި، އިންޑިއާ ސަރުކާރު ކުންފުނި އިންޑިއަން އޮއިލް ކޯޕަރޭޝަނުން 3 މިލިއަން ފީފާގެ ސާފު ނުކުރާ ތެޔޮ މިދިޔަ ހަފްތާގެ ކުރީކޮޅު ގަނެފިއެވެ.

ނަން ހާމަކުރަން ނޭދޭ އިންޑިއާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އޭޕީ ނޫސް އޭޖެންސީ ރިޕޯޓްކުރާގޮތުން އިންޑިއާއިން ރަޝިއާ އާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ. އަދި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޕްރެޝަރު ކުރިޔަސް ރަޝިއާ އެކު ތެލުގެ ވިޔަފާރި ކުރިއަށް ގެންދާނެ ކަމަށެވެ.

އިންޑިއާގެ މީޑިއާތައް ބުނާގޮތުން ރަޝިއާއިން އިންޑިއާ އަށް ތެޔޮ ވިއްކަނީ މާކެޓް ރޭޓަށް ވުރެ 20 ޕަސެންޓް ކުޑަކޮށެވެ. އިންޑިއާއަށް ދުވާލަކު 5.15 މިލިއަން ފީފާގެ ތެޔޮ ބޭނުންވާއިރު، މީގެއިން 80 ޕަސެންޓް އެތެރެ ކުރަނީ އެހެން ގައުމުތަކުން ނެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އަރިންދަމް ބަގްޗީ ހާމަ ކުރައްވާފައިވާގޮތުން ޔޫރަޕްގެ ގައުމުތަކުން މެދުނުކެޑި ރަޝިއާ އިން ތެޔޮ ގަންނަމުން ދާއިރު އިންޑިއާ އިން ވެސް ދުނިޔޭގެ ބާޒާރުގައި ހުރިހާ ފުރުޞަތުތައް ބަލާނެ ކަމަށެވެ. އަދި ރަޝިއާ އަކީ އިންޑިއާ އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި އެހާބޮޑު ފަރާތެއް ނޫން ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން %27.7 އާއި އެކު އިރާގަކީ އިންޑިއާގެ އެންމެ ބޮޑު ތެޔޮ ފޯރުކޮށްދޭފަރާތެވެ. ދެވަނަ އަށް %17 އާއި އެކު ސައުދި އަރަބިއާ އޮތް އިރު ޔޫއޭއިން %13 ތެޔޮ ފޯރުކޮށްދެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.