ގްރީސްގެ ތާރީޙުގައި މިފަދަ އެންމެ ބޮޑު ޙާދިސާ، ޙާދިސާ އާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު ވަނީ އިސްތިއުފާ ދެއްވާފައި

ދުނިޔެ

ގްރީސްގައި ރޭލް އެކްސިޑެންޓެއް ހިނގައި 43 މީހަކު މަރުވެއްޖެ

އަލީ އަޒްޔަން - ޔޫރަޕް | 2 މާރޗް 2023 , ބުރާސްފަތި 08:48   190

މަދުވެގެން 43 މީހުން މަރުވި ގްރީސްގެ އެންމެ ނުރައްކާތެރި އެއް ރޭލް ކާރިސާއަކީ ވަރަށް ވެސް ހިތާމަވެރި ޙާދިސާއެއްކަމަށް އެގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

މި ރޭލު އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ސިގްނަލް ދިނުމުގައި ކޮންޓްރޯލަރުންނަށް އޮޅުންތަކެއް އެރުމާއި ގުޅިގެންނެވެ.

ބޮޑުވަޒީރު ކިރިއަކޯސް މިޓްސޮޓާކިސް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ފަސިންޖަރު ސާވިސްއަކާއި މުދާ އުފުލާ ރޭލު ޖެހުނު ޙާދިސާ ހިނގިތަނަށް ޒިޔާރަތް ކުރެއްވާފައެވެ.

ލޯކަލް ސްޓޭޝަން މާސްޓަރުގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ. އަދި ގްރީސްގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފިއެވެ.

ރެސްކިއު ޓީމުތަކުން ދަނީ ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު އެވެ. 350 އެއްހާ މީހުން ގޮވައިގެން ދަތުރުކުރި ފަސިންޖަރު ރޭލު ލާރިސާއިން ފުރައިގެން ގޮސް ޓަނަލަކުން ނުކުމެގެން ދިޔަ ވަގުތު މުދާ އުފުލާ ރޭލެއް ޖެހިގައި ޖެހިފައިވެއެވެ.

އެ ދެ ހިދުމަތް އެއް ޓްރެކެއްގައި ހިންގަމުން ދިޔައީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

ސިގްނަލް ދިނުމާ ހަވާލުވެ ހުންނަ ސްޓޭޝަންމާސްޓަރު ވަނީ ގޯސް ކަމެއް ކުރިކަމަށް އިންކާރުކޮށްފައެވެ.

ޓެގްސް: ގްރީސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.