ފޮންޓެއިން ވަނީ އެއް ވޯލްކަޕެއްގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައި

ކުޅިވަރު

ޖަސްޓް ފޮންޓެއިން: ފްރާންސްގެ ކުރީގެ ފޯވާޑް އަދި ވޯލްޑް ކަޕްގެ ރެކޯޑް ހޯލްޑަރު އުމުރުން 89 އަހަރުގައި ނިޔާވެއްޖެ

އަލީ އަޒްޔަން - ދުނިޔެ | 2 މާރޗް 2023 , ބުރާސްފަތި 09:14   126

އެއް ވޯލްޑް ކަޕެއްގައި އެންމެ ގިނަ ގޯލު ޖެހި ރެކޯޑް އޮތް ޖަސްޓް ފޮންޓެއިން އުމުރުން 89 އަހަރުގައި ނިޔާވެއްޖެއެވެ.

1958 ވަނަ އަހަރު ސްވިޑެންގައި ބޭއްވި ވޯލްޑް ކަޕްގައި ފްރާންސް އިން ކުޅުނު އެންމެ ހަ މެޗުގައި ފޮންޓެއިން ވަނީ 13 ގޯލު ޖަހައި ތިން ވަނަ ހޯދައިފަ އެވެ.

އޭނާ އޮތީ އާޖެންޓީނާގެ ލިއޮނަލް މެސީއާ އެކު ވޯލްޑް ކަޕްގެ ހުރިހާ ވަގުތެއްގެ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރު ވަނައިގަ އެވެ.

"ފްރާންސް ފުޓްބޯޅައިގެ ތަރިއެއް، ފާހަގަކޮށްލެވޭ ފޯވާޑެއް، ރެއިމްސްގެ ލެޖެންޑަރީ ކުޅުންތެރިއެއް،" އޭނާގެ ކުރީގެ ކްލަބް ސްޓޭޑް ޑި ރެއިމްސް ބުނެފައިވެއެވެ.

އޭނާގެ ކުރީގެ އަނެއް ކްލަބް ޕީއެސްޖީއިން ބުނީ "ޖަސްޓް ފޮންޓެއިންއަށް އަކީ އަހަރެމެން ދޫކޮށްލާފައިވާ ފްރާންސްގެ ފުޓްބޯޅައިގެ އައިކޮނެއް" ކަމަށެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ސިފަކުރި ގޮތުގައި ފޮންޓެއިން އަކީ "އަބަދުގެ އަބަދަށް ގޯލް ޖަހާ ކުޅުންތެރިޔާ" އަދި "ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑެއް" އެވެ.

"ޖަސްޓް ފޮންޓެއިންގެ މަރުގެ ސަބަބުން ފްރާންސްގެ ފުޓްބޯޅަ ފެމިލީ ވަނީ ޖަޒުބާތާއި ހިތާމައިގެ ތެރެއަށް ވައްޓާލެވިފައި" އެފްއެފްއެފްގެ ވަގުތީ ރައީސް ފިލިޕް ޑިއާލޯ ވިދާޅުވި އެވެ.

ފޮންޓެއިންއަށް ހަދާން އާކޮށް ޝުކުރު އަދާކުރުމުގެ ގޮތުން މިނިޓެއްހާއިރު އަތްތިލަބަޑި ޖަހާ ފްރާންސްގެ ހުރިހާ ފުޓްބޯޅަ ދަނޑުތަކެއްގައި ބުދަ ދުވަހު ކުޅޭ ފްރެންޗް ކަޕްގެ މެޗުތަކުން ފެށިގެން ކުރިއަށްދާނެ އެވެ.

ޓެގްސް: ފުޓުބޯޅަ ފްރާންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.