ސްޕެއިންގެ ބާސެލޯނާ (ބާސާ) އަށް ކުޅެމުން އައި ފުޓުބޯޅަ ތަރި ލިއޮނެލް މެސީ (34އ)، ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވުން، ނަތީޖާ އެހާ ރަނގަޅުކަމަކަށް ނުދައްކައެވެ.
ދުނިޔޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާފައިވާ އާޖެންޓީނާގެ ތަރި މެސީ އަށް ޕީއެސްޖީ ގައި ރަނގަޅު ކުޅުމެއް މިހާތަނަށް ދެއްކިފައި ނުވެއެވެ. ރެއާލް އާއި ކުޅުނު މެޗުން ޕީސްޖީ ބަލިވެ، އަދި ބޯޑޯ އާއިއެކު އެންމެ ފަހުން ކުޅުނު މެޗުގައި މެސީ އަށް ސަޕޯޓަރުންގެ ނުރުހުން އަމާޒުވެ ބޫއަށް ގޮވާފައިވެއެވެ.
ޖުމްލަ 25 މެޗް ކުޅުނު އިރު ޖެހިފައިވަނީ އެންމެ 7 ގޯލެވެ.
މެސީ އަށް ދިމާވެފައިވާ މިލަދުވެތި ދަނޑިވަޅުގައި އޭނާގެ ކުރީގެ ޓީމް، ބާސާ ގެ ކޯޗު ޒާވީ ބުނީ އެނާ އަލުން އެނބުރި ބާސާ އަށް ގެންނަން ބޭނުން ވާ ކަމަށާއި، އޭނާ އަށް ޓަކައި "އަބަދުވެސް ހުންނާނީ ހުޅުވިފައި" ކަމަށެވެ.
މެސީ ގެ މުސްތަޤްބަލާއި ގުޅޭގޮތުން އޭނާ އެއްޗެއް ބުނެފައި ނުވެއެވެ. އެހެން ނަމަވެސް، ޒާވީ ބުނާ އޭނާ ވަރަށް މެސީ އެނބުރި ގެންނަން ބޭނުންވާކަމަށާއި އެކަމަށްޓަކައި އޭނާ ވަރަށް އުފާ ކުރާނެކަމަށެވެ. އޭނާގެ ނަޒަރުގައި މެސީ އަކީ ފުޓުބޯޅަ ތާރީޚުގައި އާއި ބާސާގެ ހަޔާތުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާއެވެ.
"ޓީމެއްގެ ގޮތުގައި އަހަރުމެން މެސީ އަށް ދަރާފައިވާ ދަރަނި ބޮޑު. އޭނާގެ އަގު އަހަރުމެން ވަޒަން ކުރާނަން"، ޒާވީ ބުންޏެވެ. .
