ޓިކްޓޮކް އާއި ނެޓްފްލިކްސް ފަދަ އެޕްތައް ޔޫރަޕްގެ އެހެން ޤައުމުތަކުގައިވެސް މަނާކުރަނީ

ޓެކްނޯލޮޖީ

ފްރާންސްގައި ސަރުކާރު މުވައްޒަފުން ސޯޝަލްމީޑިއާ އެޕްތައް ބޭނުންކުރުން މަނާކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 25 މާރޗް 2023 , ހޮނިހިރު 13:05   191

ފްރާންސްގައި ސަރުކާރު މުވައްޒަފުންގެ މަސައްކަތުގެ ފޯނުން "މުނިފޫހިފިލުމުގެ އެޕްލިކޭޝަންތައް " ޑައުންލޯޑް ކުރުން ހުކުރު ދުވަހުން ފެށިގެން ފްރާންސުންމަނާކޮށްފައިވާއިރު، ނޫސްތައް ބުނާގޮތުން ޗައިނާގެ ޓިކްޓޮކް ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ބުނެފަ އެވެ.

ޔޫރަޕްގެ އެހެން ގައުމުތަކުގައި ޓިކްޓޮކް މަނާކުރުމާ ގުޅިގެން "ފްރާންސްގެ ސަރުކާރުން ނިންމާފައި ވަނީ ޕަބްލިކް ސާވަންޓުންނަށް ދޭ ޕްރޮފެޝަނަލް ފޯނުތަކުގައި ރިކްރިއޭޝަނަލް އެޕްލިކޭޝަންތައް ޑައުންލޯޑްކޮށް އިންސްޓޯލް ކުރުން މަނާކުރުމަށެވެ،" އެ މިނިސްޓްރީން ބުންޏެވެ.

"ރިކްރިއޭޝަނަލް އެޕްލިކޭޝަންތަކުގައި އިދާރީ އިކުއިޕްމަންޓްތަކުގައި ޑިޕްލޮއި ކުރެވޭ ވަރަށް ސައިބަރ ސެކިއުރިޓީ އާއި ޑޭޓާ ޕްރޮޓެކްޝަންގެ ފެންވަރެއް ނުފެނޭ،" އެ ރިޕޯޓުގައިވެ އެވެ.

ލިޔުމެއް ހިއްސާ ކުރެވޭނީ އޭގެ މަތީ ކަނާތްފަރާތުގައިވާ ޝެއާ އައިކޮންތަކަށް ފިތާލުމުންނެވެ. ހުއްދަ ނުލިބި، ލިޔުމެއްގެ ޖުމްލަ ނުވަތަ ބައެއް ރިޕްރޮޑަކްޓް ކުރުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.

"ކެންޑީ ކްރަޝް ފަދަ ގޭމް އެޕްތަކާއި ނެޓްފްލިކްސް ފަދަ ސްޓްރީމިން އެޕްތަކާއި ޓިކްޓޮކް ފަދަ މުނިފޫހިފިލުވުމުގެ އެޕްތައް" ހިމެނޭނެ ކަމަށެވެ.

ޓިކްޓޮކް އަކީ ކުރު، ވައިރަލް ވީޑިއޯތައް ހިއްސާކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑު މަގުބޫލު ފޯން އެޕެކެވެ. އެކަމަކު ޔޫރަޕިއަން ކޮމިޝަންގެ އިތުރުން ނެދަލެންޑްސް، އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ އަދި ނިއުޒީލެންޑްގެ ސަރުކާރުތަކުން ވަނީ ޓިކްޓޮކްފަދަ އެޕްތަކަށް އެޤައުމުން ޖާގަ ނެތްކަމަށެވެ.

ޓެގްސް: ފްރާންސް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.