ޗެމްޕިއަން ޓީމް ފްރެންޑްސް ކްލަބުން ތަށި އުފުލާލަނީ

ކުޅިވަރު

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފްރެންޑްސް ކްލަބުން ހޯދައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 އޭޕުރިލް 2023 , ބުރާސްފަތި 20:44   422

މެރިންޕަވާރ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފްރެންޑްސް ކްލަބުން ހޯދައިފިއެވެ. ފްރެންޑްސް ކްލަބުން ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ޔަންގް ވަންސް އާއި ދެކޮޅަށްކުޅެ، 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 6-7 ގެ ނަތީޖާއަކުންނެވެ.

ރަނަރއަޕް ޓީމަކީ ޔަންގް ވަންސް އެެވެ.

ފައިނަލް މެޗުގެ މޭން އޮފްދަ މެޗްކަން ހޯދާފައިވަނީ ފްރެންޑްސް ކްލަބްގެ ހުސެން ޝަރީފްއެވެ. މުބާރާތުގައި ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔަންގްވަންސްގެ ޖޯޒީ ނަމްބަރު 10 ޔާމީން މުޙައްމަދުއެވެ.

އެންމެ ގިނަ ގޯލް ޖަހާފައިވަނީ ފްރެންޑްސް ކްލަބްގެ ޖޯޒީ ނަމްބަރު 6 ހުސެން ޝަރީފް އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 6 ގޯލް ޖަހާފައެވެ.

އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ޔަންގް ވަންސްގެ ޖޯޒީ ނަމްބަރު 2، ފައްޔާޒެވެ. މުޅި މުބާރާތުގެ މޭން އޮފްދަ ޓޯނަމެންޓްކަން ވެސް ހޯދީ އޭނާއެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޔަންގްވަންސްގެ އަހުމަދު ނަސީމެވެ. ފެއާ ޕްލޭއި ޓީމަކީ މަރަދޫ ޔުނައިޓެޑްއެވެ.

ޓެގްސް: ގޯދިއްޔާ ފުޓްސަލް ފުޓްސަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.