މޫވް ފޯވާޑު ޕާޓީގެ ލީޑަރ، ޕީޓާ ލިމްޖަރޯނާތް

ދުނިޔެ

ތައިލޭންޑުގެ ބޮޑުވަޒީރަކަށް، އާޕާޓީއެއްގެ އާ ޒުވާން ލީޑަރެއް!

އަލީ އަޒްޔަން - ދުނިޔެ | 16 މެއި 2023 , އަންގާރަ 12:10   228

"މިއަދަކީ އާ ދުވަހެއް، އަދި އިރާދަކުރެއްވިއްޔާ މިއީ ވިދާ އަތްވާއި އުއްމީދުން ފުރިފައިވާ ދުވަހެއް،" ތައިލެންޑްގެ ގައި ވެރިކަންކުރާނެ ލީޑަރ (ޕްރައިމް މިނިސްޓަރ) ކަން ސާފުވިތާ ގަޑިއެއްހާއިރު ފަހުން ނޫސްވެރިންނާއި ކެމެރާތަކުން ފުރިފައިވާ ކޮޓަރިއެއްގައި އުމުރުން 42 އަހަރުގެ ޕިޓާ ލިމްޖަރޮއެންރާޓް ބުނެފައިވެއެވެ.

ޕީޓާގެ ޕާޓީ މޫވް ފޯވާޑް ވަނީ ހައިރާން ކުރުވަނިވި އަދި ތަފާތުބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ސިފައިންގެ ތާއީދު އޮތް ގާތްގަނޑަކަށް ދިހަ އަހަރު ދުވަހުގެ ވެރިކަމަކާއި ދެކޮޅަށް ރައްޔިތުންގެ ޒުވާނުންގެ ގިނަބަޔަކު ނިކުމެ، އެހެން ޕާޓީތަކަށް ވުރެ ގިނަ ގޮނޑިތަކާއި ވޯޓުތައް މޫވް ފޯވާޑަށް ހަވާލުކުރި އެވެ. އެއީ މަދުވެގެން ދިހަވަރަކަށް ކާމިޔާބު ބަޣާވާތް ތަޖުރިބާކޮށްފައިވާ ޤައުމެއްގައި ލިބުނު އާދައިގެ ކާމިޔާބީއެއްގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުން ނުދެކެއެވެ.

"ކުރީގައި ހުރި ޝުއޫރުތައް ބަދަލުވެއްޖެ. މިއީ ރަނގަޅު ވަގުތެއް،" ސިޓީގެ 33 ގޮނޑީގެ ތެރެއިން 32 ގޮނޑި ކާމިޔާބުކޮށްފައިވާ ބެންކޮކްގައި ހުންނަ އެ ޕާޓީގެ މައި އޮފީހުގައި ވާހަކަ ދައްކަވަމުން ޕީޓާ ވިދާޅުވި އެވެ.

ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތަށް އަދި ހަފްތާއެއްހާ ދުވަސް ނަގާނެކަމަށް ވެއެވެ. އަދި ތައިލެންޑްގެ އަސްކަރިއްޔާއަށް އަދިވެސް ކިންގްމެކަރެއްގެ ރޯލު އަދާކުރުމުގެ ބާރު ލިބިފައިވާ ކަމަށް ބަލާއިރު ބައެއްކަންކަން އަދިވެސެ ގޯސްވެދާނެ އެވެ. އެކަމަކު މި މޮޅާއެކުއަހަރުތަކެއް ވަންދެން އަސްކަރީ ވެރިން މާޔޫސްވެ، ބަދަލުތަކަށް ކެތްމަދުވެފައިވާ ޒުވާން އާބާދީއެއްގައި ވަނީ ޕީޓާގެ ފޮލޯވަރުންގެ ގޮތުގައި ވެފައެވެ.

ޕީޓާ ސިޔާސީ ކެރިއަރު ފެށީ 2019 ވަނަ އަހަރު ފިއުޗާ ފޯވާޑް ޕާޓީގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވުމުންނެވެ. ބިލިއަނަރު އަދި ސިފައިންގެ ވަރުގަދަ ފާޑުކިޔުންތެރިއެއް ކަމަށްވާ ތަނަތޯން ޖުއާންގްރޫންގްރޫންގްކިޓް އުފެއްދި މި ޕާޓީން 2019 ވަނަ އަހަރުގެ އިންތިޚާބުގައި ރަނގަޅު ނަތީޖާތަކެއް ނެރެ، ބަދަލު ގެނައުމަށް ކުރާ ޑިމާންޑާ އެކު ތައިލެންޑްގެ ސިޔާސީ މަސްރަހު ހަލަބޮލިވެސްވިއެވެ.

ޕީޓާ އަކީ ސިޔާސީ ދާއިރާއި ހާވާޑް ޔުނިވާސިޓީއިން މަތީ ތަޢްލީމް ޙަޞިލްކުރައްވާފައިވާ އަދި ވިޔަފާރި އާއި އިޤްތިޞާދީ ރޮނގުން ތަޢްލީމް ހޯއްދަވާފައިވާ ބޭފުޅެކެވެ.

ޓެގްސް: ތައިލޭންޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.