ރޮބަޓް ޑި ނީރޯ 2022 ވަނަ އަހަރު ނިއުޔޯކް ސިޓީގައި ބޭއްވި 'އެމްސްޓަޑަމް' ޕްރިމިއާގައި.

މުނިފޫހިފިލުވުން

އުމުރުން 79 އަހަރުގެ ރޮބަޓް ޑި ނީރޯ އޭނާގެ ހަތް ވަނަ ދަރިފުޅަށް މަރުހަބާކިޔަން ތައްޔާރު

އަލީ އަޒްޔަން - އެމެރިކާ | 17 މެއި 2023 , ބުދަ 12:56   304

ރޮބަޓް ޑި ނީރޯ އަކީ އަނެއްކާވެސް އިތުރު ކުއްޖަކަށް ބައްޕައެއް ކަމަށް އެކްޓަރުގެ ފަރާތުން އަންގާރަ ދުވަހު ނޫސްތަކަށް ކަށަވަރުކޮށްދީފި އެވެ.

އޮސްކާ ހާސިލްކުރި އެކްޓަރު އެންމެ ފުރަތަމަ މި ޚަބަރު ހިއްސާކުރީ ހޯމަ ދުވަހު އީޓީ ކެނެޑާއަށް ދިން އިންޓަވިއުއެއްގައި އޭނާގެ އާ ފިލްމު ޕްރޮމޯޓް ކުރުމަށް ކަމަށް ވެސް ބުންޏެވެ.

އިންޓަވިއުގައި ދަރިފުޅު ލިބޭ ވާހަކަ ދައްކަމުން އުމުރުން 79 އަހަރުގެ ޑި ނީރޯގެ ކުރިން އެނގޭ ހަ ކުދިންގެ ވާހަކަ ދެއްކުމުން އިންޓަވިއު ކުރި ބްރިޓްނީ ބްލޭއާ އަށް އަދަބުވެރިކަމާއެކު އިސްލާހުކޮށްދީފައި ވެސް ވެއެވެ.

“ހަތެއް، އަސްލު،” ޑެ ނީރޯ ބުންޏެވެ.

ޑެ ނީރޯގެ ކުރީގެ ގުޅުންތަކުން ހަ ކުދިން ތިބި ނަމަވެސް އޭނާގެ ހަތް ވަނަ ދަރިފުޅުގެ މަންމައަކީ ކާކު ކަމެއް މިހާތަނަށް ސާފުވެފައިނުވެއެވެ.

ފިލްމް “ގޯޑްފާދަރ”ގެ އެކްޓަރު ވެސް ވަނީ މިކަމާއި އުފާކުރާ ކަމަށް ބުނެ، ބައެއް ފަހަރު "އެއްޗެހިތަކާ މެދު ހަރުކަށި" ވާން ޖެހުނަސް "(އޭނާގެ) ކުދިންނާ ލޯބިވާ" ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުނެފަ އެވެ.

“އަހަރެން ހިއެއް ނުކުރަން އަހަންނަކީ ފިނި ހިތެއްގެ ބައްޕައެއް ކަމަކަށް،” ޑެ ނީރޯ ސަކަ ގޮތަކަށް ބުންޏެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.