އެޕަލްގެ އާ އޭއާރ ހެޑްސެޓް

ޓެކްނޯލޮޖީ

އެޕަލް ކުންފުނި، 10 އަހަރުތެރޭ ފުރަތަމަ އީޖާދީ ޕްރޮޑަކްޓެއް، އޭއާރު ހެޑްސެޓެއް

އަލީ އަޒްޔަން - ދުނިޔެ | 6 ޖޫން 2023 , އަންގާރަ 21:13   357

އެޕަލް އިން ގާތްގަނޑަކަށް ދިހަ އަހަރު ވަންދެން ބޮޑު އާ ހާޑްވެއާގެ އީޖާދީ ޕްރޮޑަކްޓެއް ނެތި ހުރުމަށްފަހު ޕްރޮޑަކްޓެއް ލޯންޗްކޮށްފިއެވެ.

މިފަހަރު ލޯންޗްކޮށްފައިވަނި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި، އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) ހެޑްސެޓެއް ކަމަށްވާ އެޕަލް ވިޝަން ޕްރޯ އެވެ.

އެޕަލްގެ ޗީފް އެގްޒެކެޓިވް ޓިމް ކޫކް ވިދާޅުވީ އާ ހެޑްސެޓަކީ "ހަގީގީ ދުނިޔެއާއި ވާޗުއަލް ދުނިޔެ އެއްވެސް ދަތިކަމެއް ނެތި ގުޅުވައިދޭ ހެޑްސެޓެއް" ކަމަށެވެ.

މިޕްރޮޑަކްޓާއިއެކު އެޕަލް ކުންފުނިން ވަނީ އައިފޯންގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމްގެ އިތުރުން މެކްބުކް އެއާގެ އަޕްޑޭޓްތައް ވެސް އިއުލާންކޮށްފަ އެވެ.

ދެ ގަޑިއިރުގެ ބެޓެރީ ލައިފްއެއް އޮންނަ މި ހެޑްސެޓުގެ އަގަކީ 3،499 ޑޮލަރު (2،849 ޕައުންޑް) ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އެމެރިކާގައި ނެރޭނެ ކަމަށެވެ.

މިހާރު ބާޒާރުގައި ހުރި ވާޗުއަލް ރިއަލިޓީ ހެޑްސެޓްތަކަށް ވުރެ މި އަގު ވަރަށް ބޮޑަށް ބޮޑެވެ. މިދިޔަ ހަފްތާގައި މެޓާ އިން ވަނީ އެ ކުންފުނީގެ ކުއެސްޓް 3 އިއުލާންކޮށްފައި - އޭގެ އަގަކީ 499 ޑޮލަރެވެ.

އެޕަލް އިން ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް - ސިލިކަން ވެލީގެ ވާހަކަ ދައްކާ ބާޒީ ޓެކްނޮލޮޖީއާ ބެހޭ ގޮތުން މާބޮޑު އެއްޗެއް ބުނެފައިނުވެއެވެ.

މިހާރުގެ ވެރިޔާ ޓިމް ކޫކް 2011 ވަނަ އަހަރު ވަޒީފާއާ ހަވާލުވި ފަހުން، ވޮޗް ފިޔަވައި، އެޕަލް އަށް މާޒީގެ ދުނިޔެ ބަދަލުކުރާ ކަހަލަ ޕްރޮޑަކްޓެއް ގެންނަން ނުކުޅެދިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެގްސް: އެޕަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.