ފޭސްބުކްގެ މައިކުންފުނި މެޓާގެ ލޮގޯ

ޓެކްނޯލޮޖީ

ފޭސްބުކް އިން ޓްވިޓާރ އާއި ވާދަކުރާނެ ޕްލެޓްފޯމަކަށް ތައްޔާރުވަނީ

އަލީ އަޒްޔަން - ދުނިޔެ | 11 ޖޫން 2023 , އާދީއްތަ 11:11   367

ޓްވިޓާއާ ވާދަކުރުމަށް ފަރުމާކޮށްފައިވާ ޓެކްސްޓް-ބޭސްޑް ސޯޝަލް ނެޓްވޯކެއްގެ މަސައްކަތް ހިނގަމުންދާކަމަށް ބައިނަލްޢަޤްވާމީ މީޑިއާތަކުން ބުނެފިއެވެ.

މި އާޕްރޮޑަކްޓާއިއެކު މެޓާގެ އިމޭޖް ނުވަތަ ފޮޓޯ ޝެއަރިން އެޕް އިންސްޓަގްރާމްގައި މިހާރު ވެސް ފޮލޯކުރާ އެކައުންޓްތައް ފޮލޯ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމެކެވެ.

މީގެ އިތުރުން މަސްޓޯޑަން ފަދަ ޕްލެޓްފޯމްތަކުންވެސް ފޮލޯވަރުން ގެނައުމަށް މަގުފަހިވެގެންދާނެއެވެ.

މެޓާގެ ތަރުޖަމާނަކު ވަނީ އެ ޕްލެޓްފޯމް ތަރައްގީ ކުރަމުން އަންނަކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

"އަޅުގަނޑުމެން މި ހޯދަނީ ޓެކްސްޓް އަޕްޑޭޓްތައް ހިއްސާކުރުމަށް ސްޓެންޑަލޯން ޑިސެންޓްރަލައިޒްޑް ސޯޝަލް ނެޓްވޯކެއް،" މެޓާއިން ބުންޏެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކްރިއޭޓަރުންނާއި އާންމު ފަރާތްތަކަށް އެމީހުންގެ ޝައުގުވެރިކަމާ ބެހޭ ގޮތުން ވަގުތުން އަޕްޑޭޓްތައް ހިއްސާކުރެވޭނެ ވަކި ޖާގައެއްގެ ފުރުސަތު އެބައޮތް."

މެޓާގެ ޗީފް ޕްރޮޑަކްޓް އޮފިސަރު ކްރިސް ކޮކްސް ވިދާޅުވީ ޕްލެޓްފޯމްގެ ކޯޑު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ޓެކް ޖަޔަންޓުން އަމާޒު ހިފާފައިވާ ތާރީހެއް ހާމަކޮށްފައި ނުވި ނަމަވެސް ވަރަށް އަވަހަށް ފަށާނެކަމަށް ބެލެވެއެވެ. އެއީ ޖޫން މަހުގެ ފަހުކޮޅު ވެސް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އޮންލައިންކޮށް ސްކްރީންޝޮޓްތައް ފެނިފައިވާއިރު އެ ސްކްރީންޝޮޓްތައް އެތެރެއިން މުވައްޒަފުންނަށް ދައްކާފައިވާއިރު، އެޕް ހުންނާނީ ކިހިނެއް ކަމުގެ ހިޔާލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ކުންފުނީގެ ތެރޭގައި ހިމެނޭ މަސްދަރުތަކުން މީޑިއާގައި ބުނެފައިވަނީ މި ލީކުވި ސްކްރީންޝޮޓްތަކަކީ އަސްލު ސްކްރީންޝޮޓްތަކެއް ކަމަށެވެ.

ޓެގްސް: ޓްވިޓާ ފޭސްބުކް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.