ދުނިޔޭގެ މީޑިއާތަކުން ބުނަމުން އަންނަނީ ސޯޝަލްމީޑިއާގައި ޚަބަރުތައް ޝެއާރކުރާނަމަ ފައިސާ ދައްކަންޖެހޭނެކަމަށް

ޓެކްނޯލޮޖީ

ފޭސްބުކް އަދި ގޫގުލްއިން މީޑިއާތަކުގެ ޚަބަރުތައް ޝެއާރކުރާނަމަ ފައިސާދޭންޖެހޭގޮތަށް ހަދަނީ

އަލީ އަޒްޔަން - ދުނިޔެ | 24 ޖޫން 2023 , ހޮނިހިރު 11:31   197

ސޯޝަލް މީޑިއާ ޕްލެޓްފޯތައް ކަމުގައިވާ ފޭސްބުކް އިންސްޓާގްރާމް އަދި ގޫގްލް ފަދަ ކުންފުނިތަކުން އެހެން މީޑިއާތަކުގެ ޚަބަރުތައް ޝެއާރކުރާނަމަ ފައިސާދޭންޖެހޭގޮތަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މަސައްކަތް ފަށައިފިއެވެ.

ހުޅަގުގެ ގިނަ ގައުމުތަކަށް ނިސްބަތްވާ މީޑިއާތަކުން ބުނަމުންދަނީ، ސޯޝަލްމީޑިއާތަކާއި ސާޗު އިންޖިންތަކުން ނާޖާއިޒުގޮތުގައި އެމީހުން އުފައްދާ ކޮންޓެންޓެ ބޭނުންކުރަމުން ދާކަމަށާއި، އޭގެސަބަބުން މީޑިއަތަކަށް ގޮންޖެހުމާއި ކުރިމަތިލާންޖެހި ބޮޑެތި ގެއްލުންތައް ވަމުންދާކަމަށެވެ.

ކެނެޑާ އަދި އޮސްޓްރޭލިއާގެ ސަރުކާރުތަކުން މިހާރުވަނީ މިފަދަ ޤާނޫނުތައް ފާސްކޮށްފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ފޭސްބުކް އިން އެހެން މީޑިއާތަކުގެ ޚަބަރުތައް ޝެއަރކުރާނަމަ ފައިސާދައްކަން ޖެހޭނެެއެވެ.

ނަމަވެސް ޤާނޫނު ހެދިފައިވާގޮތުން ފޭސްބުކަށް ދެން ޚަބަރުތައް ޝެއާރކުރަން ބޭނުންނަމަ މީޑިއާ ކުންފުނިތަކާއިއެކު ބާގެއިންނެއިންގ އަކަށް ދިއުމަށް މަޖުބޫރުވާނެއެވެ.

ޓެގްސް: ސޯޝަލްމީޑިއާ ފޭސްބުކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.