ޓެސްލާ އިލެކްޓްރިކް ކާރެއް ޗާޖިން ސްޓޭޝަނެއްގައި

ޓެކްނޯލޮޖީ

މަސްކް، ޓެސްލާ އިން ރެކޯޑް ޢަދަދަކަށް ކާރު ވިއްކައިފި

އަލީ އަޒްޔަން - ދުނިޔެ | 3 ޖުލައި 2023 , ހޯމަ 11:40   307

އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާ އިން ޖޫން މަހުގެ ނިޔަލަށް, ތިން މަސް ދުވަހުގެ ތެރޭގައި, ރެކޯޑް އަދަދަކަށް ކާރު ވިއްކާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ކާރު ވިއްކުން އިތުރު ކުރުމަށް އަގުތައް ކުޑަކުރުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި ޗައިނާ ހިމެނޭ ގޮތަށް މާކެޓްތަކުގައި ވަނީ ކާރުތަކުގެ އަގު ހެޔޮކޮށްފައެވެ.

މި ހަފްތާ ބަންދުގައި ޗައިނާގެ ބޮޑެތި ކާރު އުފައްދާ ކުންފުނިތަކުން ވެސް ވަނީ ޖޫން މަހު ކާރު ވިއްކުން އިތުރުވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

މިއަހަރުގެ ކުރީކޮޅު ޓެސްލާގެ ވެރިޔާ އީލާން މާސްކް ބުނީ ފައިދާ ދަށްކޮށް، ވިއްކުން އިތުރުކުރުމަކީ އެ ކުންފުންޏަށް "ރަނގަޅު ޗޮއިސް" ކަމަށް ގަބޫލުކުރާ ކަމަށެވެ.

ހުކުރު ދުވަހު ޓެސްލާއިން ބުނީ ދެވަނަ ކުއާޓަރުގައި 466،140 އުޅަނދު ޑެލިވަރީކޮށްފައިވާ ކަމަށާއި އެއީ މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު %80 އަށް ވުރެ އިތުރު އަދަދެއް ކަމަށެވެ.

މީގެ އިތުރުން އެކުންފުނިން ބުނީ ހަމަ އެ މުއްދަތުގައި ވެހިކަލް އުފެއްދުން ގާތްގަނޑަކަށް 480،000 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޓެގްސް: އިލެކްޓްރިކް ކާރު ޓެސްލާ އީލާން މަސްކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.