"ތްރެޑްސް" ގެ ނަމުގައި އުފައްދާފައިވާ މި އެޕް އިންސްޓަގްރާމް އާއި ލިންކް ކުރާނެ

ޓެކްނޯލޮޖީ

ފޭސްބުކް، ޓުވިޓާރ އާއި ވާދަކުރުމަށް ނެރޭ އެޕް ބުރާސްފަތި ދުވަހު ލޯންޗްކުރަނީ

އަލީ އަޒްޔަން - ދުނިޔެ | 4 ޖުލައި 2023 , އަންގާރަ 10:44   370

ފޭސްބުކްގެ ވެރިޔާ މެޓާ އިން ޓްވިޓާއާ ވާދަކުރުމަށް އެކުންފުނީގެ އާ އެޕް ތައާރަފް ކުރަމުން އަންނައިރު، ބުރާސްފަތި ދުވަހު ލައިވް ކުރާނެ ކަމަށް އެފަރާތުން ބުނެފި އެވެ.

އެޕަލް އެޕް ސްޓޯރުން ޕްރީ އޯޑަރު ކުރެވޭ ގޮތަށް ތްރެޑްސްގެ ނަމުގައި އުފައްދާފައިވާ މި އެޕް އިންސްޓަގްރާމް އާއި ލިންކް ކުރާނެ އެވެ.

ސްކްރީންގްރޭބްތަކުން ފެންނަނީ ޓްވިޓާ އާއި ވައްތަރު ޑޭޝްބޯޑެކެވެ. މެޓާ އިން ތްރެޑްސް ސިފަކުރަނީ "ޓެކްސްޓް ބެސްޓް ކޮންވާޝަން އެޕް" އެއްގެ ގޮތުގަ އެވެ.

މިއީ މެޓާގެ ކޯޗު މާކް ޒުކަބާގް އާއި ޓްވިޓާގެ ވެރިޔާ އެލޮން މާސްކްގެ ވާދަވެރިކަމުގެ އެންމެ ފަހުގެ މަސައްކަތެވެ.

މިދިޔަ މަހު އެ ދެމީހުން ޖިސްމާނީ ގޮތުން ތަޅާފޮޅުމަކަށް ދިއުމަށް އެއްބަސްވި ނަމަވެސް، މާރާމާރީއެއް ހިންގުމާ މެދު އެ ދެމީހުން ކިހާ ސީރިއަސް ކަމެއް ސާފެއް ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މެޓާގެ ތްރެޑްސް އެޕް އިން ފެންނަ ގޮތުގައި ޓްވިޓާއިން މިހާރު ފައިސާ ނަގާ ޚިދުމަތްތައް ހިލޭ ހިދުމަތަކަށް ވާނެއެވެ.

"ތްރެޑްސް އަކީ މިއަދު ތިމާ ކަންބޮޑުވާ މައުޟޫއުތަކުން ފެށިގެން މާދަމާ ޓްރެންޑް ވާނެ ކަންކަމާ ހަމައަށް ކޮމިއުނިޓީތައް އެއްވެ މަޝްވަރާ ކުރާ ތަނެއް" އެޕް ސްޓޯރުގައި ލިޔެފައިވާ ޑިސްކްރިޕްޝަންގައިވެ އެވެ.

އެޕްގެ ތަސްވީރުތަކުން ފެންނަނީ ޓްވިޓާއާ ގާތްގަނޑަކަށް އެއްގޮތް ސްކްރީންގްރެބްތަކެކެވެ.

މިހާތަނަށް ޓްވިޓާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ތްރެޑްސް ކަމަށް ވެދާނެ އެވެ.

މާކް ޒުކަބާގް އަކީ އެހެން ކުންފުންޏެއްގެ ޚިޔާލުތައް ނަގައިގެން އެކަންކަން ކުރެވޭތޯ ބެލުމުގެ ތާރީހެއް އޮތް މީހެކެވެ.

މެޓާގެ ރީލްސް އަކީ ޓިކްޓޮކް ކޮޕީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު ސްޓޯރީސް ފެންނަނީ ސްނެޕްޗެޓާ އެއްގޮތަށެވެ.

ޓްވިޓާއާ ވާދަކުރެވޭނެ ވަސީލަތްތައް މެޓާގައި އެބަހުއްޓެވެ. ތްރެޑްސް ވާނީ އިންސްޓަގްރާމް ޕްލެޓްފޯމްގެ ބައެއް ކަމުން އެތައް ސަތޭކަ މިލިއަން އެކައުންޓްތަކާ ވެސް ގުޅާލެވޭނެ އެވެ. އެއީ ވާދަވެރިވާން އުޅޭ އެހެން ޓީމުތަކުން ކުރަން ޖެހުނު ފަދައިން ސުމަކުން ފެށޭ ކަމެއް ނޫނެވެ.

ޓެގްސް: ޓްވިޓާ ފޭސްބުކް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.