ތްރެޑްސް އިން ފީޑްތައް ދައްކާގޮތަށް ބަދަލު ގެނެސް އިތުރު ފީޗާތައް ތަޢާރަފްކުރާނެކަމަށް، އެއެޕް ހިންގާ ކުންފުނީގެ ސީއީއޯ އެޑަމް މޮސެރީ ވިދާޅުވެއްޖެއެވެ.
މީގެކުރިން ޓުވިޓާރ އިންވެސް އައީ ރެކޮމެންޑްކުރާ ފީޑްތަކާއި ފޮލޯކުރާމީހުންގެ ފީޑްތައް ދައްކަމުންނެވެ. އެކަމަކު މިހާރު ގެންނަ ބަދަލާއިއެކު ފޮލޯކުރާ މީހުންގެ ފީޑްތައް ވަގުތާއެއްގޮތަށް ދައްކަމުންދާނެއެވެ.
ތްރެޑްސް ލޯންޗުކުރިއިރު "އިނިޝިއަލް ވާޝަން" އެއްގެ ގޮތުގައި ދައްކާފައިވާއިރު، އެ ކުންފުނިން ވަނީ އިތުރު ފީޗާސްތަކެއް އަންނަން އުޅޭ ކަމަށް އިޝާރާތްކޮށްފަ އެވެ.
އިންސްޓަގްރާމް ސުޕްރީމޯ ބުނާ ގޮތުގައި "ލިސްޓުގައި ހިމެނޭ" އެހެން ފީޗާތަކުގެ ތެރޭގައި ހިމެނެނީ؛
- ޕޯސްޓްތައް އެޑިޓް ކުރުމުގެ ޤާބިލުކަން ހުރުން
- އެކި ބަސްބަހަށް ތަރުޖަމާކުރުން
- ތްރެޑްސް އެޑިޓްކޮށް ޓްރާންސްލޭޓްކުރުން
ތްރެޑްސް އަށް ޚާއްޞަ ޑެސްކްޓޮޕް އެޕެއް މިވަގުތު ނެތެވެ. ނަމަވެސް threads.net މެދުވެރިކޮށް ޕޯސްޓްތައް ބަލާލެވެއެވެ. ޕޯސްޓް ކުރުމަށް މޮބައިލް އެޕް ބޭނުންކުރަންޖެހޭއިރު، އެކުންފުންޏަށް މިއީ ޙައްލުކުރަންޖެހިފައިވާ މައްސަލައެކެވެ.

ތްރެޑްސް އާއި ޓްވިޓާ މިހާރަށް ބަލާއިރު، އެންމެ ބޮޑު ތަފާތުތަކަކީ، ތްރެޑްސްގައި ގިނަ ކެރެކްޓާރ ލިޔެވުމާއި ވީޑިއޯތަކުގެ ދިގުމިން 5 މިނެޓަށްވުމެވެ.
ނަމަވެސް ޓްވިޓާރ ގައި ހުންނަ ޑައިރެކްޓް މެސެޖް، ޓްރެންޑިންގ ސްޓޯރީސް، އަދި ހޭޝްޓެގް ފީޗާސްތައް އަދި ތްރެޑްސްގައި ނެތެވެ.