މެޓާ ކުންފުނިން ޓްވިޓާ އާއި ވާދަކުރުމަށް ތައްޔާރުކުރި އެޕް ތްރެޑްސް

ޓެކްނޯލޮޖީ

ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުން ސޯޝަލްމީޑިއާގައި އިސްތިހާރުކުރުން މަޑުޖައްސާލަނީ

އަލީ އަޒްޔަން - އެމެރިކާ | 15 ޖުލައި 2023 , ހޮނިހިރު 12:55   372

6 ޖުލައިގައި ފޭސްބުކް އަދި އިންސްޓާގްްރާމްގެ މައި ކުންފުނި މެޓާ އިން ތްރެޑްސްގެ ނަމުގައި އާ އެޕެއް ތަޢާރަފްކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން އޮންލައިން ޔޫޒަރުންނަށް ލިބިގެންދިޔަ ބޮޑު އުފަލެކެވެ.

ތްރެޑްސް އަކީ ޓްވިޓާރ އާއި ވާދަކުރުމަށް އުފައްދާފައިވާ ކުރުކޮށްލިޔެގެން ސޯޝަލައިޒްވާ، ކޮންވަސޭޓްކުރެވޭއެޕެކެވެ.

ސޯޝަލްމީޑިއާ ކުންފުނިތަކުގެ މައިގަނޑު ޢާމްދަނީ އަކީ އިސްތިހާރުތަކުން ލިބޭ ޢާމްދަނީއެވެ.

ފަހަކަށް އައިސް ސޯޝަލްމީޑިއާ އެޕްތައް މާގިނަވެގެން ދިއުމަކީ އިސްތިހާރުކުރާ ބޮޑެތިކުންފުނިތަކަށް އޮތް ބޮލުރިހުމަކަށް ވަނީ ވެފައެވެ. އިސްތިހާރުކުރަންވީ ކޮން ޕްލެޓްފޯމެއްގައިކަން ސާފުނުވެއެވެ.

އެކުންފުނިތަކުން ބުނާގޮތުގައި ހުރިހާ ޕްލެޓްފޯމެއްގައި އިސްތިހާރުކުރަން މަސައްކަތްކޮށް އެސްތިހާރުތަކަށް ވާނުވާބަލަމުން ދިއުމަކީ މުވައްޒަފުންގެ އަގުހުރި ވަގުތު ގެއްލޭކަމެކެވެ.

ހަމައެއާއިއެކު، ސޯޝަލްމީޑިއާތައް އޮޕާރޭޓްކުރާ ކުންފުނިތަކުން ވިޔަފާރިތަކުގެ ބޭނުންތަކަށް ދޭ ސަމާލުކަން ކުޑަވުމަކީ ވެސް ބޮޑު ޝަކުވާއެކެވެ. އެމީހުން ބުނަނީ މެޓާފަދަ ކުންފުނިތަކުން އަލްފޯރިދަމްތައް ހަދަނީ ބޭނުންކުރާ ޢާއްމުފަރާތްތައް ދަމަހައްޓާނެ ވިސްނުމުގެ މައްޗަށް ކަމަށެވެ.

ބޮޑެތި ކުންފުނިތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއްއެޅި އެއް ބްރޭންޑަކީ ލަޝް ކޮސްމެޓިކްސްއެވެ. އެކުންފުނިން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފޭސްބުކް، އިންސްޓަގްރާމް އަދި ވޮޓްސްއެޕްގެ ބެލެނިވެރި ކުންފުނި މެޓާ އިން ކޮންޓްރޯލްކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓް ކުރުން ހުއްޓާލަން ނިންމި އެވެ.

މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ބޮޓެގާ ވެނެޓާ ކުންފުނިން ބުނީ ސޯޝަލްމީޑިއާތައް ބުލީކުރާ ކުރާ އަދި މީހުންގެ މޫޑާއިކުޅޭ ޓޫލަކަށް ބަދަލުވެފައިވާތީ އެކުންފުނިން އެކަމުގައި ބައިވެރިވާން ބޭނުންނުވާކަމަށެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނަނީ ގިނަ ކުންފުނިތަކެއް ކުރިއަށް އޮތްތަނުގައިވެސް ސޯޝަލްމީޑިއާ އާއި ދުރަށް ޖެހޭނެކަމަށެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.