މަސްޖިދުލް ޙަރަމްގައި ކުޑަކުއްޖަކު ޤުރުއާން ކިވަނީ

ދީން

ޙަރަމްފުޅަށް ވަންނަ ކުދިން އަތުގައި ޓެގް އަޅުވަން ފަށަނީ

އަލީ އަޒްޔަން - އޮސްޓުރޭލިއާ | 3 އޭޕުރިލް 2022 , އާދީއްތަ 23:14   371

މި ރޯދަމަހު ޢުމުރާގެ އަޅުކަން އަދާކުރުމަށްޓަކައި ބެލިނިވެރިންނާއި އެއްކޮށް މަސްޖިދުލް ޙަރަމް އަށް ވަންނަ ކުދިންނަށް ޚާއްސަ ޓެގެއް (ބްރޭސްލެޓެއް) ތަޢާރަފް ކުރަން ފަށައިފިއެވެ.

މީގެ މަޤްޞަދަކީ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމުގައި ޙަރަމްފުޅު ބަލަހައްޓަވާ ފަރާތުން ހާމަކޮށްފައިވެއެވެ.

މިހާރު ޙަރަމްފުޅުގައި ޤާއިމްކޮށްފައިވާ ސަލާމަތީ ނިޒާމުގެ ތެރެއިން ކުޑަކުއްޖަކު ބެލެވެރިންނާއި ދުރުވެ ނުވަތަ ގެއްލިގެން ހޯދަން ޖެހިއްޖެނަމަ ފަސޭހަކަމާއި އެކު އެކުއްޖަކު ހުރިތަނެއް ވަގުތުން ބަލައިލެވޭނެއެވެ.

"މިހާރު ތިޔަ ބޭފުޅުންގެ ދަރިން ތިބޭނީ ރައްކާތެރިކަމާއި އެކު" އެފަރާތުން ބުނެފައި ވެއެވެ.

ކޯވިޑްގެ ޙާލަތު ރަނގަޅުވެ ސައުދީ ޢަރަބިއާ އިން އަޅާފައިވާ ފިޔަވަޅުތައް ނަގާފައިވަނީ މިދިޔަ މާޗް މަހުގެ ކުރީކޮޅުއެވެ. އެހެންކަމުން މިހާރު ގައިދުރު ކުރުމާއި ވެކްސިން ޖަހާފައި ތިބޭ މީހުން ކަރަންޓީނުވުމުގެ އުސޫލުތަކަށް ނިމުމެއް އައީއެވެ.

މިފަހަރުގެ ރޯދަމަހުގެ ޢުމުރާ ދުވަސްވަރު، ފާޚާނާތައް ސްޓާރަލައިޒް ކުރުމަށާއި ޑިސްއިންފެކްޓް ކުރުމަށްޓަކައި 12،000 އަށް ވުރެ ގިނަމީހުން ޙަރަކާތްތެރިވާނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.