ނިޔަތްގަތުމުގައި އެންމެ މުހިއްމުކަމަކީ އެކަމެއް ކުރުމަށް އެދިގެން ހުރުން...

ދީން

ރޯދަ، ނިޔަތް ނުގަނެވުނީތީ ރޯދަ ނުހިފޭކަމަކަށް ބެލެވޭނެތަ؟

އަލީ އަޒްޔަން - ދުނިޔެ | 11 މާރޗް 2024 , ހޯމަ 11:39   483

މުސްލިމުންގެ މައްޗަށް އަހަރަކު އެއްފަހަރު ކުރުމަށް ފަރުޟުވެގެން ވާ ރޯދަ ހިފުމުގައި ނިޔަތްގަތުމާއި ގުޅޭގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަދި އެކި މަޒްހަބްތަކުގައި ދެކޭ ގޮތުގައި ފަރަޤުތަކެއް އެބަހުއްޓެވެ.

ބައެއް މަޒްޙަބްތަކުގައި ދުޢާތަކާއި އިރުޝާރުތައް ހިމެނިފައިވާއިރު، އެހެން މަޒްހަބްތަކުގައި ހިތުން ނިޔަތް ގަނެލުމުން ފުދެއެވެ.

ރާއްޖެއަކީ ސުއްނީ މުސްލިމް ޤައުމެކެވެ. ޒަމާނުއްސުރު ދިވެހިން ވެސް ޢަމަލުކުރަމުން އަންނަނީ ހިތުން ނިޔަތްގަތުމުން ފުދޭކަމަށް ބަލައިގެންނެވެ. ވަކި ދުޢާއެއް ކިޔުމަށް މަޖުބޫރުކަމެއް ނެތެވެ.

އުސޫލްތަކަށް ބަލާއިރު، ރޯދަމަސް އަންނަކަން އެންމެނަށް ވެސް އެނގެއެވެ. އެންމެން ވެސް މިތިބެނީ ރޯދަމަހަށް ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. އެހެންކަމުން ޙަޤީގަތުގައި މިތިބެވެނީ ރޯދަމަސް އައުމާއިއެކު މިތިބެވެނީ ރޯދައަށް ނިޔަތް ގަނެވިފައެވެ. ބައިނަލްޢަޤްވާމީ ގިނަ ދަންނަބޭކަލުންގެ ރަޢުޔު އަކީ، ނިޔަތް ނުގަނެވުނީތީ ރޯދަ ނުހިފޭކަމަކަށް ނުބެލެވޭނެކަމަށެވެ.

ޓެގްސް: ރޯދަމަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.