ދިވާލީގައި އިންޑިއާ، ބަޑި ބޭހުގެ ކުޅިވަރަކީ މި ފެސްޓިވަލަށް ޚާއްޞަކަމެއް

ދީން

ދިވާލީ އާއި ފަޔަރވޯކްސް: އެނގެން ޖެހޭ ބައެއް ކަންކަން

ހުސެން ހަމްދާން - އިންޑިއާ | 16 ނޮވެންބަރު 2023 , ބުރާސްފަތި 20:41   375

އެއީ އަނދިރިކަމުގެ މައްޗަށް އަލިކަން ހޯދައިދޭކަމަށް ބުނެ، ހިންދޫ، ސިކުން އަދި ޖައިން ދީނުގެ އެތައް މިލިއަން ބަޔަކަށް އާ ފެށުންތަކެއް ފެށުން ފާހަގަކުރާ ބޮޑު ފެސްޓިވަލެކެވެ. ތިރީގައި އެވަނީ ދިވާލީއާ ބެހޭ ގޮތުން އެނގެން ޖެހޭ ބައެއް ކަންތައްތަކެވެ.

ދިވާލީ ކުރިއަށް ދަނީ ފަސް ދުވަހަށް

މި ފެސްޓިވަލް ބާއްވާނީ އޮކްޓޯބަރާއި ނޮވެމްބަރު މަހުގެ ތެރޭގައި ނަމަވެސް ސީދާ ތާރީޚު ކޮންމެ އަހަރަކުވެސް ތަފާތުވެއެވެ. ކޮންމެ ދުވަހެއްގެ މާނަ ތަފާތު ކަމަށާއި، 2023 ވަނަ އަހަރު ފާހަގަކުރާ މައިގަނޑު ތާރީހަކީ 12 ނޮވެމްބަރު ވާ އާދީއްތަ ދުވަހެވެ.

ދިވާލީ އެންމެ ބޮޑަށް މަޝްހޫރުއީ ފޭސްޓިވަލް އޮފް ލައިޓްސް ގެ ނަމުގަ

ދިވާލީ މި ލަފުޒު އުފެދިފައިވަނީ ސަންސްކްރިޓް ބަހުގެ ދީޕަވަލީ އިން ކަމަށާއި އޭގެ މާނައަކީ "އަލިކޮށްފައިވާ ބޮކިތަކުގެ ސަފުތަކެއް" ކަމަށެވެ. ގެތަކާއި މަގުތައް ޒީނަތްތެރި ކުރަނީ ދިޔާސް ކިޔާ ކުދި ތެޔޮ ބޮކިތަކުން ކަމަށާއި، އެ އަލިން ލަކްޝްމީ - މުއްސަނދިކަމާއި ނަސީބުގެ ކަލާނގެ - މީހުންގެ ގެތަކަށް ވަދެވޭނެ މަގު ހޯދުމަށް އެހީތެރިވެދޭނެ ކަމަށް އެދީނުގެ މީހުން ދެކެއެވެ.

އިންޑިއާގެ ކޮންމެ ދީނެއްވެސް ދިވާލީގެ އުފާފާޅުކުރަނީ ތަފާތު ސަބަބުތަކާހުރެ

ހިންދޫންނަށް މިއީ އާ އަހަރު ފެށޭ ދުވަސް ކަމަށާއި، މިއީ 14 އަހަރު ދުވަހުގެ އަޅުވެތިކަމަށްފަހު ކަލާނގެ ރާމާ އާއި ސީތާ އެނބުރި އައުން ފާހަގަ ކުރާ ދުވަހެވެ. 1619 ވަނަ އަހަރު ޖަލުން ދޫކޮށްލި ހަ ވަނަ ގުރޫ ހަރްގޯބިންދު ސިންގް ފާހަގަކުރުމުގެ ގޮތުން ސިކުންނަށް ބަންދީ ޗޯރ ޑިވާސްގެ ނަމުން ދިވާލީ މަޝްހޫރެވެ.

ދިވާލީއަކީ ސަގާފަތެއް

ގެދޮރު ސާފުކޮށް، އާ ހެދުން އަޅައި، ދުޢާ ކުރުމާއި އަދި ގޭގެ ބޭރުގައި މީހުން ރެންގޯލީސް - ކުލަކުލައިގެ ޕައުޑަރުތައް ބޭނުންކޮށްގެން ހަދާފައިވާ ސަގާފީ ޑިޒައިންތައް - ކުރަހަނީ އެމީހުންގެ ދިރިއުޅުމަށް ނަސީބާއި ޕޮޒިޓިވިޓީ ގެނައުމަށެވެ.

ދިވާލީއަކީ އާއިލާތައް އެއްތަނަކަށް އެއްވެ އުޅުމުގެ ފުރުސަތެއް

މީހުން ރައްޓެހިންނާއި އާއިލާއަށް ޒިޔާރަތްކޮށް، ފޮނި އެއްޗެހިތަކާއި ހަދިޔާތަކާއި ހެޔޮއެދުންތައް ބަދަލު ދިވާލީގައި ކުރެއެވެ. އުފާފާޅުކުރާ ބައެއް ކެއުންތަކުގެ ތެރޭގައި ޕޫރީ (ފްރައިޑް ބްރޭޑް)، ޕަނީރު އަދި ގުލާބް ޖަމޫން ހިމެނިދާނެ - ގިނަ ބަޔަކަށް އުފާފާޅުކުރުންތައް ސްޓައިލްގައި ވަށާލާނީ ފަޔަރވޯކް ޖަހައިގެންނެވެ.

އެންމެންނަކީ ފަޔަރވޯކްސްއާ ގަޔާވާ ބައެއްނޫން

ފަޔަރވޯކް ޖެހުމުން ޖަނަވާރުތައް ބިރުގަނެ ވައި ތަޣައްޔަރުވުން އިތުރުވެދާނެ ކަމަށް ބުނެ ފާޑުކިޔުންތައް މިހާރު ދިވާލީއަށް ކޮންމެ އަހަރަކުވެސް އަމާޒު ވެއެވެ. އިންޑިއާގެ ވެރިރަށް ދިއްލީގެ ސަރުކާރުން މީގެ ކުރިން ވަނީ ފަޔަރވޯކް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައެވެ. އެއީ ވައިގެ ފެންވަރަށް ކުރާ އަސަރުތަކުގެ ސަބަބުން ސިއްޙަތަށް ލިބޭގެއްލުން ބޮޑު ކަމުންނެވެ.

ޓެގްސް: އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.