ފަންޑިތަ ހަދާމީހަކު ފަންޑިތަ ލިޔަނީ، ބައެއް މީހުން އަންނަނީ މިކަމުގައި ބޮޑެތި ޢަދަދުން ފައިސާ ނަގަމުން

ދީން

"ރުޤްޔާގެ ނަމުގައި ފަންޑިތަ ހެދުމަކީ ޙަރާމްކަމެއް" - ފިގުޙު އެކަޑެމީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ޖެނުއަރީ 2024 , ބުދަ 12:09   1118

ރުޤްޔާގެ ނަމުގައި ފަންޑިތަ [ބްލެކްމެޖިކް] ހަދަމުންދާކަމަށާއި، މިފަދަކަންކަން ކޮށްހެދުމަކީ ޙަރާމްކަމެއްކަމަށް ދިވެހިރާއްޖޭގެ ފިޤްޙް އެކެޑެމީ އިން ބުނެފިއެވެ.

ފިޤްޙް އެކަޑެމީ އިން ބުނެފައިވަނީ، ފަންޑިތަ ހެދުމަކީ އިސްލާމްދީނުގެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށާއި، ފަހަކަށް އައިސް ޚަބަރުފަތުރާ ވަޞިލަތްތަކުން ވެސް އެފަދަކަންކަން ޕްރޮމޯޓްކުރަމުންދާކަމަށެވެ. އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރައްވާފައި ވެއެވެ.

ރާއްޖޭގައި ފަންޑިތަ ހެދުމަކީ ޒަމާނުއްސުރެ ހިނގަމުން އައި ކަމެކެވެ. ނަމަވެސް، ރައީސް މަޢުމޫންގެ ޒަޢާމަތުގައި ފަންޑިތަ ހެދުން މަނާކޮށް ހުއްޓުވިއެވެ. އެކަމާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވިއެވެ.

ނަމަވެސް، އޭގެ ފަހުން ވެސް ބައެއް މީހުން އައީ ރުޤްޔާގެ ނަމުގައި އެކަންކުރަމުންކަމަށް، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވިއެވެ.

އެފަރާތުން ފާހަގަކުރެއްވިގޮތުގައި، ރުޤްޔާ އަކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ޢަމަލުކުރެވެމުންދާގޮތަށް ހިނގާކަމެއް ނޫންކަމަށެވެ.

ސިހުރު ޖެހުމުން ރަސޫލާ ޢަމަލުކުރެއްވިގޮތް ކަމަށް ކަނޑައެޅިގެން އެނގެން އޮތްމިވަރަކީ ފުދޭ މިންވަރުކަމަށެވެ. އެއީ، އަލްޙަމްދު، ފަލަޤް، އަދީ ނާސް ސޫރަތް ކިޔަވައި ގަޔަށް އެމީހަކު އަމިއްލައަށް ފުމެލުންކަމަށެވެ. ޤުރުއާނުގެ އާޔަތްތައް ތަންތަނުގައި ލިޔުމާއި، އެހެނިހެން ދެން އެ ކުރާކަންކަމަކީ ބިދުޢައިގެ ތެރޭގައި ހިމެނޭ ޝިރުކުގެ ޢަމަލުތަކެވެ.

ބައެއް ފަރާތްތަކުން ރުޤްޔާގެ ނަމުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ނަގަމުން އަންނައިރު، ފަންޑިތަ ހަދާމީހުންގެ ފަރާތުން ޖިންސީ ފުރައްސާރަކުރާ ކަމުގެ ވާހަކަތައް ވެސް ދެކެވެއެވެ. އަދި ބައެއް ފަރާތްތަކުން ބޭރުގެ ފާދިރީން ގެނެސްގެން މިފަދަކަންކަން ކުރާކަމުގެ އަޑުތައް ވެސް ފެތުރިފައިވެއެވެ.

ޓެގްސް: އިސްލާމްދީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.