އެމެރިކާގެ ރައީސް ޖޯ ބައިޑެން

ދީން

ތައިވާންގެ މިނިވަންކަމަށް މިހާރު ތާޢީދުނުކުރާކަމަށް ރައީސް ބައިޑެން ވިދާޅުވެއްޖެ

އަލީ އަޒްޔަން - އެމެރިކާ | 16 ޖެނުއަރީ 2024 , އަންގާރަ 11:49   451

ޗައިނާގެ ބައެއްކަމަށް އެޤައުމުން ދަޢުވާކުރާ، ތައިވާންގެ މިނިވަންކަމަށް މިހާރު ތާޢީދުނުކުރާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވެފައި މިވަނީ، ޓައިވާނުގެ އިންތިޚާބު ޑީޕީޕީ ޕާޓީގެ ކެންޑިޑޭޓް ލައި ޗިންގ ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވ. ލައި އަކީ ޗައިނާގެ ވިސްނުމާއި ދެކޮޅު ފަރާތެކެވެ. އަދި ޢާއްމު ރައްޔިތުންގެ ވަރަށް ބޮޑު ތާޢީދެއް ވެސް އޮތީ، ޗައިނާ އާއި ވަކިވެ އަމިއްލަ ދައުލަތެއް އުފެއްދުމަށެވެ.

ނަމަވެސް އެމެރިކާ އިން އެގޮތަށް ބޭނުން ނުވެއެވެ.

"އަޅުގަނޑުމެން ތާޢީދެއް ނުކުރަން މިނިވަންވުމަކަށް.." ބައިޑެން ވިދާޅުވެފައިވެއެވެ.

އެމެރިކާއިން ޓައިވާނާއިއެކު ގާތްގުޅުމެއް ބާއްވަމުން އައިނަމަވެސް، އެއްވެސް އިރެއްގައި އެޤަމުން މިނިވަންކަމަށް ތާޢީދެއް ނުކުރެއެވެ.

ޗައިނާއިން މިހާތަނަށް ގަދަ ބާރުން އަރައި އަތްގަދަކުރަން މަސައްކަތްކޮށްފައި ނުވެއެވެ.

ބައެއް ޤައުމުތަކުން ދެކޭގޮތުގައި ލައިގެ ސަރުކާރާއިއެކު ޓައިވާން މިނިވަން ދައުލަތެއްގެ ގޮތުގައި އިޢްލާންކުރާނެއެވެ. އެކަމަކު ލައި ވިދާޅުވެފައިވަނީ އެކަން އެގޮތަށް ނުކުރައްވާނެކަމަށެވެ.

ޓެގްސް: ޓައިވާން ސަރަޙައްދީ ސަލާމަތް ސަރަޙައްދީ ޚިޔާލުތަފާތުވުންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.