ގޫގުލް، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި

ޓެކްނޯލޮޖީ

ގޫގުލް އިން ކިޔަވައިދީ ވިސްނާލެވޭ، ދިރިއުޅުމާއިގުޅޭ އިރުޝާދުތައް ދެވޭ އޭއައި ސިކުނޑިއެއް ފައްކާކުރަނީ

އަލީ އަޒްޔަން - ދުނިޔެ | 20 އޯގަސްޓު 2023 , އާދީއްތަ 13:04   491

ގޫގުލް، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނިން، ސުޕީރިއަރ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފެއްދުމަށް ކުރާ މަސައްކަތުގެ ތެރެއިން ލަންޑަންގައި ހުންނަ ޑީޕްމައިންޑް ޓީމުން ވަނީ އަމިއްލައަށް ދަސްކޮށްދީ ގަވާއިދުތައް ހޯދައިދޭ އެއައި މެޝިނެއް އުފައްދާފައެވެ.

ގޫގުލްގެ ދިރާސާވެރިން އެމީހުންގެ އެއައި ޕްރޮޓެޖް އަށް ކަނޑައެޅީ އިންސާނުންގެ ތަދައްޚުލުވުމެއް ނެތިކަންކަން ހޯދޭ، ޗައިނާގެ ގޭމް ގޯ ގެ އުފެއްދުން ފައްކާކޮށްފުރިހަމަކުރުމެވެ.

މީޑިއާތައް ބުނާގޮތުން، ގޫގުލް ޑީޕްމައިންޑް އިން އަންނަނީ ޖެނެރޭޓިވް އޭ.އައި. މަދުވެގެން ތަފާތު 21 ވައްތަރެއްގެ ޕާސަނަލް އަދި ޕްރޮފެޝަނަލް މަސައްކަތެއް ކުރުމަށް ޔޫޒަރުންނަށް ލައިފް އެޑްވައިސް، ހިޔާލު، ޕްލޭނިން އިންސްޓްރަކްޝަންސް އަދި ޓިއުޝަން ޓިޕްސް ދިނުމަށް ބޭނުންކުރާ ވަސީލަތްތައް ހިމެނެ އެވެ.

ގޫގުލް އިން ވަނީ މިދިޔަ ނުވަ މަސް ދުވަހު އޯޕަންއޭއައި އާއި އެ ކުންފުނީގެ ޕާޓްނަރު މައިކްރޮސޮފްޓާ އެއްވަރަށް ކުރިއަށް ގެންދެވޭނެކަން ދައްކާލުމަށް މަސައްކަތްކޮށްފައެވެ. މީގެތެރޭގައި "ބާޑް" ގެ ނަމުގައި އޭއައި ޕްރޮޑަކްޓެއް ނެރެ، އޭ.އައި އިތުރަށް ފައްކާކޮށްފައެވެ.

ގޫގުލްގެ އާ އީޖާދާއިެކު، އެހެނިހެން ކަންކަމުގެ ތެރޭގައި މަސައްކަތްތެރިން ދަނީ މީހުންގެ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އިންޓިމޭޓް ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލްކަން އެސިސްޓެންޓް މެދުވެރިކޮށް ޓެސްޓް ކުރަމުންނެވެ.

ޓެގްސް: ގޫގްލް އޭއައި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.