އައިފޯން 15ގެ އަގު 14 އަށް ވުރެ ބޮޑުވާނެކަމަށް ޚަބަރުތައް ބުނޭ

ޓެކްނޯލޮޖީ

އައިފޯން 15 އަންނަމަހު ޕްރީ އޯޑަރަށް ހުޅުވާލާނެ

އަލީ އަޒްޔަން - ދުނިޔެ | 23 އޯގަސްޓު 2023 , ބުދަ 12:06   592

އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފޯނު، އައިފޯން 15 ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އަންނައިރު މިފޯނާއި ގުޅޭ ގިނަވާހަތައް ދަނީ މީޑިއާގައި ދެކެވެމުންނެވެ.

އެޕަލް ކުންފުނިން ރަސްމީކޮށް މިފޯން ނެރޭނެ ތާރީޚަކާއި އަގު އިޢްލާންކޮށްފައި ނުވިނަމަވެސް، މިފޯން އެންމެ ފަހުން ނެރުނު އައިފޯން 14 އަށްވުރެ އަގު ބޮޑުވާނެކަމަށް ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ.

ބެލެވޭ ގޮތުގައި އަންނަ ސެޕްޓެމްބަރު މަހުގެ 12 ގައި އޮންނަ އެޕަލް ކުންފުނީގެ އިވެންޓް ތެރެއިން އައިފޯން 15 ދައްކާލައި ޕްރީ އޯޑަރަށް ހުޅުވާލާނެއެވެ.

ރީޓެއިލް ފިހާރަތަކާއި ހަމައަށް ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާ ތެރޭގައި ދާނެކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އައިފޯންތަކުގެ ވިކުން މިއަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ކުރިން 83 މިލިއަން ޔުނިޓް ވިއްކޭނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު އަންދާޒާކޮށްފައި ވަނީ 77 މިލިއަން ޔުނިޓް ވިއްކޭނެކަމަށެވެ.

އައިފޯން 15 ޕްރޯގެ އަގު ވިއްކަން ފަށާއިރު އެމެރިކާގައި ހުންނާނީ 1،099 ޑޮލަރަށްކަމަށް ޚަބަރުތައް ބުނެއެވެ. މިއީ އައިފޯން 14 ޕްރޯ އަށްވުރެ 10 އިންސައްތަ އިތުރު ޢަދަދެކެވެ.

ޓެގްސް: އެޕަލް އައިފޯން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.