އެޕްލް ކުންފުނިން ވަނީ އީޔޫގެ ޤަވާއިދުތަކަށް ތަބާވާނެކަމަށް ބުނެފައި

ޓެކްނޯލޮޖީ

އައިފޯން 15 ގައި ބޭނުންކުރާ ޗާޖަރު ތަފާތުވާނެ

އަލީ އަޒްޔަން - ދުނިޔެ | 5 ސެޕްޓެންބަރ 2023 , އަންގާރަ 10:05   559

އެޕަލްކުންފުނިން، އެކުންފުނީގެ އެންމެގަހުގެ ޕްރޮޑަކްޓް، އައިފޯން 15 ނެރުމަށް ތައްޔާރުވަމުން އަންނައިރު ޗާޖުކުރުމަށް ޢާއްމުކޮށް ބޭނުންކުރާ ޗާޖަރަށް ބަދަލު އަންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

މީގެ ކުރިން އެކުންފުނިން ބޭނުން ކުރަމުން އައީ ލައިޓްނިންގ ޗާޖަރުތަކެވެ. މިއީ ހަމައެކަނި އެޕަލް ކުންފުނީގެ އުފެއްދުންތަކުގައި ބޭނުންކުރަމުން އައި ބާވަތެކެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ތިމާވެެއްޓާއި ގުޅޭ ސަބަބުތަކުގެ އިތުރުން، ފޯން ބޭނުންކުރާ ފަރާތްތަކަށް ތަފާތު އެކިކަހަލަ ޗާޖަރު ބޭނުންކުރަން ޖެހުމުން ބޭކާރު ޚަރަދުކުރަން ޖެހޭކަމަށް ބަލައި ޔޫއެސްބީ-ސީ ޗާޖަރު އެއީ ޢާއްމުކޮށް އީޔޫގައި ބޭނުންކުރާނެ ޗާޖަރުކަމަށް ކަނޑައަޅާފައެވެ.

އެހެންކަމުން އެޕަލް ކުންފުނިން އަންނަނީ މަޑުމަޑުން މިމިންގަނޑުތަކަށް ފެތޭގޮތަށް އެކުންފުނީގެ އުފެއްދުންތައް ބަދަލުކުރަމުންނެވެ.

ޚަބަރުތައް ބުނާގޮތުން މިބަދަލަކީ ދުނިޔޭގެ ބާޒާރަށް އައިފޯން ނެރުމުގައި އަންނަބަދަލެއްކަން ސާފުނުވެއެވެ. ނަމަަވެސް އެޕަލް އިން ޔޫރަޕްގެ ބާޒާރަށް އެކަނި މި ފޯނުގެ ތަފާތު ވަރޝަނެއް އުފެއްދުމުގެ ފުރުސަތު ކުޑަކަމެއްކަމަށް މާހިރުން ދެކެއެވެ.

ޓެގްސް: އެޕަލް އައިފޯން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.