ކައުންސިލަރ އަހުމަދު ސައީދު

ހަބަރު

އައްޑުސިޓީ ކައުންސިލަރ އަހުމަދު ސަޢީދު ސަރުކާރާއި ސިޓީކައުންސިލަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 ސެޕްޓެންބަރ 2023 , ބުރާސްފަތި 16:20   164

އައްޑޫސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ސަޢީދު އައްޑޫސިޓީ ކައުންސިލަށާއި ސަރުކާރަށް އައްޑޫގެ ތަރައްޤީ އާއިގުޅޭ ކަންކަމުގައި ކަންބޮޑުވުން ފާޅުކުރައްވާ، ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވާފައިވަނި އައްޑޫސިޓީ ކައުންސިލްގެ އައްޑޫސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 11 ވަނަ ކުއްލި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ އައްޑޫ ހިއްކާފައިވާ 3 ރަށަށް ނަންދިމަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ސަޢީދު ވިދާޅުވީ ރަށެއް ހިއްކުމަކީ އަދި ސަރުކާރަށް ސަނާ ކިޔަން ޖެހޭވަރުގެކަމެއް ނޫންކަމަށެވެ. ޢުމުރު ދުވަސް ހޭދަކުރަންޖެހިފައިވަނީ ޝަނގްރިއްލާ ރިސޯޓު ހުޅުވާނެ ދުވަހަކުގެ އިންތިޒާރުގައި ކަމަށެވެ.

ރައީސް ސޯލިޙް 2021 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލަށް ކުރި ޒިޔާރަތުގައި ވެސް ސަޢީދު ވަނީ ގިނަ ކަންބޮޑުވުންތަކެއް ހުށަހަޅުއްވާފައެވެ. އަދި އެދަތުރުގައި ރައީސް ސޯލިޙް ވިދާާޅުވީ 2021 ގެ ނޮވެމްބަރުގައި ޝަނގްރިއްލާ އަލުން ހުޅުވާނެކަމަށެވެ.

ކޮވިޑާއި އެކު އެންމެ ބޮޑަށް އަސަރުކުރި އެއް އަތޮޅެއްގެ ގޮތުގައި އައްޑޫ ވެގެން ގޮސްފައިވާއިރު، އިޤތިޞާދުގެ ބޮޑު ބައެއް ގެއްލި ސަރުކާރަށް ޓެކްސްގެ ގޮތުގައި އައްޑޫ އިން ދައްކާ ފައިސާވެސް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

މިޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ މިސަރުކާރު އައީ އެއަރޕޯޓަށް 5 މަންޒިލުން ދުވާލަކު 5 ފްލައިޓް ޖެއްސުމުގެ ވަޢްދާއިއެކު ނަމަވެސް މިއަދާއި ހަމައަށް އެއްމެ ފްލައިޓެއް ޖެއްސިފައި ނުވާކަމަށެވެ. އައްޑޫގައި އެޅުނު ގެސްޓްހައުސް އެއް ނެތް ކަމަށެވެ.

އެހެންކަމުން ސަނާ ކިޔުމުގެ ބަދަލުގައި ސަރުކާރާއި ވާހަކަ ދައްކައިގެނ މިކަންކަން އަވަސްކުރަން މަސައްކަތްކުރަން ޖެހިފައިވާކަމަށާއި، އައްޑޫގެ ރައްޔިތުންނާއި ދިމާވެފައި ކިތަންމެ ދަތި އުނދަގޫތަކަށް ޙައްލު ހޯދުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.

މި ލިޔުމާއި ގުޅޭ (ވީޑިއޯ)

މިލިޔުމާއި ގުޅޭ

ކައުންސިލަރ ސަޢީދު، ރައީސަށް ހުށަހެޅުއްވި ކަންކަމަށް އިޖާބަ ނުލިބޭތީ އަނެއްކާވެސް އެސުވާލުތައް ތަކުރާރުކުރައްވައިފި

އައްޑޫ ސްޓޭޑިއަމް ވީރާނާވަމުންދާތީ ކައުންސިލަރ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފި

އައްޑޫ ސިޓީކައުންސިލުން ޓްރަސްޓް ފަންޑުގެ ފައިސާ ބޭނުންކުރަނީ ޤަވާޢިދުތަކާއި ޚިލާފަށް - ސަޢީދު

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.