އީލާން މަސްކް، އެކްސް ނުވަތަ ޓްވިޓާރ ސޯޝަލްމީޑިއާ ކުންފުނީގެ ވެރިޔާ ވިދާޅުވީ ހުރިހާކަމެއް ކުރެވޭ އެޕަކަށް އެކްސް ހައްދަވާނެކަމަށް

ޓެކްނޯލޮޖީ

ޓްވިޓަރ، ޑިޖިޓަލް ފައިސާ، ވީޑިއޯ އަދި އޯޑިއޯ ކޯލް ކުރެވޭގޮތް ހަދަނީ

އަލީ އަޒްޔަން - ދުނިޔެ | 14 ސެޕްޓެންބަރ 2023 , ބުރާސްފަތި 13:21   558

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް، ކުރީގެ ޓްވިޓާ, އިން ވީޑިއޯ އަދި އޯޑިއޯ ކޯލްތައް ކުރެވޭ ފީޗާތަކެއް ލޯންޗު ކުރަން ރާވާފައިވާއިރު، މެޓާ ޕްލެޓްފޯމްސްގެ ތެރެޑްސްގެ ވާދަވެރިންގެ ކުރިމަތީގައި ދެމިހުރުމަށް "އެވްރީތިން އެޕް" [ހުރިހާކަމެއް ކުރެވޭއޕް] އެއް އުފެއްދުމަށް އެކުންފުނީގެ ވެރިޔާ އީލޮން މާސްކް ރޭސް ޖަހާފައިވެ އެވެ.

އެޕަލްގެ އައިއޯއެސް އާއި ގޫގުލްގެ އެންޑްރޮއިޑް ޕްލެޓްފޯމްތަކާއި ޚިލާފަށް އެކްސް އެޕްގައި ފޯނު ނަންބަރެއް ބޭނުން ނުވާނެ ކަމަށް މަސްކް ބުރާސްފަތި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ. އަދި އެކްސް އަކީ އެފެކްޓިވް ގްލޯބަލް ފޯންބުކް އަކަށް ހެދުމަށް ވެސް އޭނާ ރާވާފައިވެ އެވެ.

ޓްވިޓާ އެކްސްގެ ނަމުގައި ރީބްރޭންޑް ކުރުމަށް ފަހު މާސްކް ވަނީ އެ ޕްލެޓްފޯމް ސުޕަ އެޕަކަށް ބަދަލުކޮށް މެސެޖިން އާއި ސޯޝަލް ނެޓްވޯކިން އިން ފެށިގެން ޕީއާރް ޓު ޕީއާރް ޕޭމަންޓް އާއި ހަމައަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ އިޝާރާތައް ދީފަ އެވެ.

މި ތަސައްވުރު ސިކުނޑިއަށް ގެނެސްދެނީ ޗައިނާގައި ބޭނުންކުރާ، ޓެންސެންޓްގެ ވީޗެޓް އެޕްއެވެ. ވީޗެޓް އަކީ ޗައިނާގެ ރައްޔިތުންގެ ދުވަހުގެ ދިރިއުޅުމުގެ ކޮންމެ ތަނެއްގައި ވެސް ހިމެނޭ މުހިއްމު ބައެކަށް ވަނީ ވެފައެވެ.

މެއި މަހު އާ ސީއީއޯއެއް އައްޔަން ކުރުމަށް ފަހު އެކްސްގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މަސްކް ވެސް ދަނީ ނިއުސް ލިންކްތައް ޕްލެޓްފޯމްގައި ފެންނަ ގޮތް ބަދަލު ކުރުމަށް ބާރު އަޅަމުންނެވެ.

މީގެ ދެތިން ދުވަސް ކުރިން އެކްސް އިން ވެސް ކަރަންސީ ޓްރާންސްމިޓަރ ލައިސަންސެއް ހޯދާފައެވެ. އެކްސް އިން ވަރަށް އަވަހަށް ކްރިޕްޓޯގެ އިތުރުން ފިއަޓް ފައިސާއިން ވެސް ޕޭމަންޓް ޕްރޮސެސް ކުރުމަށް ސަޕޯޓް ކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ. މި ލައިސަންސް އާއި އެކު އެކްސް އަށް ޑިޖިޓަލް ފައިސާ ބެލެހެއްޓުމާއި، ބަދަލުކުރުމާއި، ބަދަލުކުރުމަށް މަގުފަހިކުރުމުގެ ހުއްދަ ލިބެއެވެ.

މި ފީޗާތައް ލޯންޗް ކުރާނެ ޓައިމްލައިނެއް މަސްކު ވިދާޅެއް ނުވެ އެވެ.

ޓެގްސް: އީލާން މަސްކް ޓްވިޓާ ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.