މުޒާހިރާތައް ފަށާފައި ވަނީ ހޮނިހިރު ދުވަހު

ވިޔަފާރި

އެމެރިކާގައި ކާރު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މަސައްކަތު މީހުން މަގުތަކަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ސެޕްޓެންބަރ 2023 , އާދީއްތަ 12:15   458

އެމެރިކާގައި ކާރު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މަސައްކަތު މީހުން މަގުތަކަށް ނިކުމެ މުޒާހިރާ ކުރަން ފަށައިފިއެވެ.

މިމުޒާހިރާތައް ފެށިފައިވަނީ، މަޝްހޫރު ކާރު އުފައްދާ ކުންފުނިތައް ކަމަށްވާ، ޖެނެރަލް މޮޓޯސް، ސްޓެލަންޓިސް އަދި ފޯޑް ކުންފުނިން، ޔުނައިޓެޑް އޮޓޯ ވޯކަރސް ޔޫނިއަންއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތައް ހުއްޓުމަކަށް ދިއުމުންނެވެ.

މިއީ ތިން ކުންފުންޏަށް ވެސް އެއްފަހަރާ ހަޅުތާލެއްގެ އަސަރު ކުރި މިފަދަ ފުރަތަމަ ފަހަރެވެ.

މަސައްކަތްތެރިންގެ ޑިމާންޑްތަކުގެ ތެރޭގައި %36 މުސާރަ އިތުރުކުރުމާއި، މަސައްކަތުގެ ގަޑި ކުރުކުރުމާއި، ފެކްޓްރީ ވަޒީފާތަކަށް ލިބޭ އުޖޫރަތަކުގެ ތަފާތު ދަރަޖަތައް ނިމުމަކަށް ގެނައުން ހިމެނެއެވެ.

ކުރިއަށްދާ މަޝްވަރާތަކުގައި، ހޮނިހިރު ދުވަހުގެ މެންދުރާ ހަމައަށް ވެސް ކުރިއެރުމެއް ލިބޭނެ ކަމުގެ އެއްވެސް އަސަރެއް ފެނިފައިނުވެއެވެ.

ޓެގްސް: ކާރު ޔޫނިއަންތަކުގެ މަސައްކަތް ޙައްޤުތައް ކާރު އިންޑަސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.