ނިޒާމީ ވޯޓު، އެންމެފަހުން ނިންމުނީ އަންނަމަހު 30 ގައި މަޖިލީހުން ވޯޓަކަށް ދިއުމަށް ފާސްކުރަން ދާދި ދެންމެ އަކު ފާސް ކޮށްފިއެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅުއްވި ޤަރާރު ފާސް ވުމާއިއެކު 30 އޮކްޓޯބަރ ގައި މަޖިލިހުގައި ނަގާ ވޯޓާއި އެކު ރައީސުލް ޖުމްހޫރިއްޔާގެ ބަހެއް ނެތި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އިލެކްޝަންސް ކަމިޝަނަށް އެންގޭނެއެވެ.
މި ޤަރާރު ފާސް ވެފައިވަނީ ވަޑައިގެން ތިއްބެވި ހުރިހާ އެމްޑީޕީ މެމްބަރުންގެ ވެސް ރުހުމާއިއެކު އެވެ.
ދަ ޑިމޮކްރެޓްސް ގެ އިންޓެރިމް ކޮމިޓީ އިން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ނިޒާމީ ވޯޓު ބޭއްވުމަށެވެ. އެކަން އެގޮތަށް ނުވެއްޖެނަމަ އެމްޑީޕީ އަށް ތާޢީދު ނުކުރައްވާނެކަމަށް ވެސް ކޮމިޓީ އިން ނިންމާފައިވެއެވެ.

މިލިޔުމާއި ގުޅޭ:
ޑިމޮކްރެޓުން އެއްވެސް ކޮޅަކަށް ނޭރުމަށް ނިންމައިފި
ވޯޓުގެ ކުރިން ނިޒާމީ ވޯޓު ނުބޭއްވޭނެކަމަށް ރައީސް ސޯލިޙް ވިދާޅުވެއްޖެ
މަޖިލީހަށް އެމްޑީޕީ މެމްބަރުން ވަޑައިނުގަންނަވަނީ އަޅުގަނޑު އަންގައިގެނެއް ނޫން - ރައީސް ސޯލިޙް