މާލޭ ހުކުރު މިސްކިތް

ދީން

ހުކުރު ޚުޠުބާ : އިންސާނުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ބަލިމަޑުކަމަކީ އިސްރާފްކުރުން

އަލީ އަޒްޔަން - ކ. މާލެ | 8 އޭޕުރިލް 2022 , ހުކުރު 13:25   831

ހުކުރު ދުވަހުގެ ޚުޠުބާގައި އިސްރާފް ނުކުރުމަށާއި އިސްރާފްކުރުމަކީ ފަސާދައިގެ ދޮރުތައް ހުޅުވިގެންދާ ކަމެއްކަމުގައި ބަޔާންކުރައްވާ، ކުރާކަންކަމުގައި އިޤްތިސޯދުކުރުމަށް ގޮވާލާފައިވެއެވެ.

ކާބޯތަކެއްޗާއި، ދަނޑުވެރިކަމާއި ބެހޭ އ.ދ. ގެ ދިރާސާ އާއި ޙަވާލާދީ، ކޮންމެ އަހަރަކު 1.3 ބިލިއަން ޓަނުގެ ކާބޯތަކެތި ކުނީގެގޮތުގައި ދުނިޔޭގެ އެކިކަންކޮޅުގައި އުކާލާކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެއީ ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ ދެބައެވެ. ފައިސާއިން ބަލާއިރ 750 ބިލިއަން ޑޮލަރެވެ.

ދުނިޔޭގައި 870 މިލިއަން މީހުން ބަނޑަށް ޖެހިފައިވާއިރު މިއީ ކިހާބޮޑު އިސްރާފެއް ހެއްޔެވެ.

ޚުތުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދުނިޔެ މިއަދު ދުނިޔެ ތަޙައްމަލުކުރަމުންދާ އިޖްތިމާޢީ އަދި އިޤްތިސޯދީ ބަލިމަޑުކަމުގެ ތެރޭގައި އިސްރާފްކުރުން ހިމެނޭކަމަށެވެ. އަދި އެއީ އެކަމުގެ ސަބަބުން ފާސިގްކަމާއި ފަސާދައިގެ ދޮރުތައް ހުޅުވިގެންދާކަމެއް ކަމުގައެވެ.

އިސްރާފް ކުރުމަކީ ކޮންމެ ކަމެއްގައި ވެސް ޙައްދު ފަހަނަޅައި ދިއުމެވެ. ކާބޯތަކެތި ގަނެ، ހެޔޮގޮތުގައި އެތަކެތި ބޭނުންނުކޮށް ކުނީގެގޮތުގައި އުކާލުމަކީ އިސްރާފްކުރުމެވެ. އަދި ހަމަ އެފަދައިން ފޭރާމާއި ސަވާރީއާއި ފަރުނީޗަރު ފަދަ ތަކެތި ހިސާބަށްބުރެ ގިނަކުރުމަކީ ވެސް އިސްރާފްކުރުމެވެ.

ރަމަޟާން މަހަކީ ޢާއްމުކޮށް އިސްރާސްކުރުން ބޮޑުމަހެކެވެ. ރޯދަވީއްލުމަށްޓަކައި ތަފާތު އެތައްބާވަތެއްގެ ކާބޯތަކެތި ތައްޔާރުކުރުމަކީ މުސްލިމުންގެ އާދައަކަށް މިވަނީ ވެފައެވެ. މީސްމީޑިއާތައް މެދުވެރިކޮށް ވާދަކުރާއިރު އޭގެން ބޭނުން ކުރަނީ މަދު އެތިކޮޅެކެވެ.

އިސްރާފްކުރުމަކީ އެކަމުގެ ގެއްލުން ސިއްޙީގޮތުންނާއި މާލީގޮތުންވެސް ފޯރާނެކަމަށް ވާއިރު މިފަދަ ނަސޭޙަތް އަޑުއަހާ މިފަދަ ޝައިތޯނީ ޢަމަލުތަކުން ދުރުވުމަށް އަޅުގަނޑުމެން އެންމެން އަޒުމުކަނޑަ އަޅަމާއިނގާށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.