ފޭސްބުކް ހިންގާ ކުންފުނީގެ 'ތްރެޑްސް'، މެޓާއިން ތައާރަފްކޮށްފައިވާ ސޯޝަލް މީޑިއާގައި ޓްވިޓާރ އާއި ވާދަކުރުމަށް

ޓެކްނޯލޮޖީ

ތްރެޑްސްއަށް މުޅިން އާ ފީޗާތަކެއް

ރާނިއާ - ދުނިޔެ | 15 އޮކްޓޯބަރ 2023 , އާދީއްތަ 07:51   641

މެޓާގެ ސީއީއޯ މާކް ޒަކާބާގް ވަނީ ތްރެޑްސްގެ ނަމުން މަޝްހޫރުވެފައިވާ އެޕްގައި އެޑިޓް ބަޓަނަކާއި ވޮއިސް ތްރެޑްސް ފީޗާއެއް ތައާރަފް ކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.

އެކްސްގައިއިން ޕޭޑް އެޑިޓް އޮޕްޝަނާއި ހިލާފަށް ތްރެޑްސް އިން މި އަޕްޑޭޓްތަކަށް ޔޫޒަރުންގެ އަތުން ފައިސާއެއް ނުނަގަ އެވެ.

އާ އެޑިޓް ބަޓަން އާއި ވޮއިސް ތްރެޑްސް ފީޗާތައް ތައާރަފް ކުރަން ފަށާފައިވާއިރު، ވަރަށް އަވަހަށް ހުރިހާ ޔޫޒަރުންނަށް ވެސް މި ފީޗާތައް ލިބިގެންދާނެއެވެ. ތްރެޑްސްގެ ޕޯސްޓެއްގައި ޒަކާބާގް ވަނީ އެޑިޓް އަދި ވޮއިސް ތްރެޑްސް ފީޗާ ވެސް ތްރެޑްސް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ތައާރަފް ކުރަމުން އަންނަކަން ކަށަވަރުކޮށްދީފައެވެ.

މީގެ ކުރިން ތްރެޑްސްގައި ފޯސްޓެއް އަޕްލޯޑް ކުރުމުގެ 5 މިނެޓު ތެރޭގާއި ޕޯސްޓް އެޑިޓް ކުރުމުގެ އިޙްތިޔާރު ލިބިގެންވެއެވެ. ނަމަވެސް 5 މިނެޓު ހަމަވުމުން ޕޯސްޓް އެޑިޓް ނުކުރެވެއެވެ.

ތްރެޑްސްގެ އެޑިޓް އޮޕްޝަނަށް ފާއިސާ ނުނެގި ކަމުގައިވިޔަސް، އެކްސްއާއި އަޅާކިޔާއިރު ޓައިމްލައިންގެ އިތުރުންވެސް އެހެން ރެސްޓްރިކްޝަންތަކާއި ކުރިމަތިލާން ޖެހެއެވެ. ހަމަ އެހެންމެ ތްރެޑްސް އިން އެޑިޓްކޮށްފައިވާ ޕޯސްޓެއްގެ ތާރީޙް ނުފެންނަ ކަމަށްވާތީ ޕޯސްޓްއާއި އެކީ ފެންނަނީ އެންމެ އެޑިޓް އައިކޮންއެކެވެ.

ވޮއިސް ތްރެޑްސް ފީޗާގާއި ރެކޯޑް ކުރެވިފައިވާ ވޮއިސް މެސެޖެއް ތްރެޑްސް ޕޯސްޓެއްގެ ގޮތުގައި ޕޯސްޓް ކުރެވިގެންދެއެވެ. މިއީ ވަޓްސްއެޕްގެ ވޮއިސް ނޯޓް ފީޗާއާއި އެއްގޮތް އެއްޗެކަށް ވިކަމުގައި ވިޔަސް، މި ވޮއިސް މެސެޖުތައް އެމީހެއްގެ ހުރިހާ ތްރެޑްސް ފޮލޮވަރުންނަށް އަޑު އިވެއެވެ.

ޓެގްސް: ތްރެޑްސް އެޕް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.