އޮސްޓްރޭލިއާގެ ރެގިއުލޭޓާރުން ކުރި ސުވާލުތަކަށް ޖަވާބު ނުދެވުމުގެ ސަބަބުން އެކްސްއަށް 384،000 ޑޮލަރުގެ ޖޫރިމައިނާއެެއް

ޓެކްނޯލޮޖީ

އޮސްޓްރޭލިއާ އިން އެކްސް ޖޫރިމައިނާކޮށްފި، ގޫގުލް އަށް އައީ އިންޒާރެއް

ރާނިއާ - އޮސްޓުރޭލިއާ | 16 އޮކްޓޯބަރ 2023 , ހޯމަ 08:05   656

'ޗައިލްޑް އެކްސްޕްލޮއިޓޭޝަން' [ކުޑަކުދިން ނަހަމަގޮތުގައި ބޭނުންކުރުމާއި އަނިޔާވެރިކޮށް ގެންގުޅުން] އާއި ދެކޮޅަށް ކުރާ މަސައްކަތުގެ މައުލޫމާތު ނުދިނުމުގެ ސަބަބުން އެކްސް ޖޫރިމައިނާ ކުރެވިގެން ދާނެ ކަމަށް އޮސްޓްރޭލިއާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު އިލޮން މަސްކް އެކްސް ގަތުމަށް ފަހު އޮޓޮމެޓިކުން މި ކަހަލަ އެއްޗެހި ހޯދުމުގެ މަސައްކަތް ވެސް ދަށް ވެފައިވާ ކަމަށް ސޯޝަލް މީޑިއާ ސާވިސްއިން ވަނީ އޮފިޝަލުން ކައިރީ ބުނެފައެވެ.

ޖޫރިމައިނާގެ އަދަދަކީ 610،500 އޮސްޓްރޭލިއާ ޑޮލަރު ނުވަތަ ގާތްގަނޑަކަށް 384،000 ޑޮލަރެވެ.

ކުރިން ޓްވިޓާގެ ނަމުން މަޝްހޫރު އެކްސް އިން ޕްލެޓްފޯމްތަކުން އެމީހުންގެ ހިދުމަތްތަކުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމާއި ދެކޮޅަށް ކުރާ ކަންތައްތައް ހާމަކުރަން ޖެހޭ ގައުމީ ގާނޫނަކަށް އަމަލު ނުކުރި ކަމަށްވެސް އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އެމީހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ތަކެތި ހޯދައި ނައްތާލުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ ތަފްސީލު ހޯދުމަށް ފެބްރުއަރީ މަހު އެކްސް، ގޫގުލް، ޑިސްކޯޑް، ޓިކްޓޮކް އަދި ޓްވިޗް އަށް ގާނޫނީ ނޯޓިސް ފޮނުވާފައިކަމަށެވެ.

އެކްސް އިން އޮސްޓްރޭލިއާގެ އޮފިޝަލުންނަށް ބުނީ ޕްލެޓްފޯމްގައި ކުޑަކުދިންނަށް ގޯނާކުރާ ތަކެތި ފާހަގަކުރެވޭ މިންވަރު 90 އަކުން 75 އަށް އިލޮން މަސްކް އެކްސް ގަތުމުގެ ތިން މަސް ތެރޭ މަދުވެފައިވާ ކަމަށެވެ.

ގޫގުލް އާއި އެކްސް އިން ރެގިއުލޭޓަރުގެ ހުރިހާ ސުވާލަކަށް ޖަވާބު ނުދެވުނު ކަމަށް އޮސްޓްރޭލިއާގެ އޮފިޝަލުން ބުނެ އެވެ.

ގޫގުލްއަށް އިންޒާރެއް ލިބުނުއިރު، އެކްސްގެ ޖަވާބެއް ނުލިބުމަކީ މާ ފުޅާ ކަމެއް ކަމަށް އެމީހުން ދެކޭތީ އެކްސްއަށް ޖޫރިމައިނާ ކުރަން ނިންމިއެވެ.

ޓެގްސް: ގޫގްލް އޮސްޓްރޭލިއާ ޓްވިޓާ އީލާން މަސްކް އިންސާނީ ޙައްޤުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.