ސީން(ކ) ޝަރީ (ވ)

ހަބަރު

ދަ ޑިމޮކްރެޓްސް އައްޑޫސިޓީ: ރައީސަކަށް ސީން، ނައިބަކަށް ޓައިޓެން ޝަރީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 4 ޑިސެންބަރު 2023 , ހޯމަ 09:13   1184

ދަ ޑިމޮކްރެޓްސް އައްޑޫސިޓީގެ ރައީސަކަށް މުހައްމަދު ޔާސީން (ސީން) އަދި ނައިބަކަށް އަހުމަދު ޝަރީފް (ޓައިޓެން ޝަރީ) ހޮވި ވަޑައިގެންފިއެވެ.

ދެ ބޭފުޅުންނަކީ ވެސް ޕާޓީ އުފެދުނީއްސުރެ އައްޑޫސިޓީ ތަމްޞީލްކުރުމުގައި ވަރަށް ބޮޑަށް ޙަރަކާތްތެރިވަމުން އަންނަ ދެ ބޭފުޅުންނެވެ.

ސީން ވާދަކުރެއްވީ މުޙައްމަދު ޒައިން އާއިއެވެ. އަދި ޝަރީ ވާދަކުރެއްވީ މިހާރުގެ ވެސް އައްޑޫސިޓީ ޑަބްލިއުޑީސީގެ މެމްބަރު ހައްވާ ޒަހިރާ (ޒެޑް) އާއިއެވެ.

ހޮނިހިރު ދުވަހު ބޭއްވުނު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސްކަމަށް ހޮވި ވަޑައިގެންފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލީސް މެމްބަރު ހަސަން ލަތީފް އެވެ. ހަސަން ހޮވި ވަޑައިގެންނެވީ ހުސެން އަމްރު އާއި ވާދަކުރައްވައި 57 އިންސައްތަ ވޯޓާއިއެކުއެވެ.

އައްޑޫސިޓީ އިން ޕާޓީގެ އިސް މަޤާމުތަކަށް ހޮވުނު އެހެން ފަރާތްތައް
ޕާޓީގެ އެންމެ އިސް މަޤާމްތަކަށް ހޮވުނު ބައެއް ފަރާތްތައް

ދަ ޑިމޮކްރެޓްސް އިން ބޭއްވި އެތެރޭގެ އިންތިޚާބުގައި އެޕާޓީގޭ 5،888 މެމްބަރަކަށް ވޯޓުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާއިރު، ވޯޓު ލާފައިވަނީ 3،209 މެމްބަރެކެވެ. އެއީ ނިސްބަތުން ބަލާއިރު 54 އިންސައްތަ މީހުންނެވެ.

މިލިޔުމާއި ގުޅޭ

ދަ ޑިމޮކްރެޓްސް : ރައީސަކަށް ހަސަން ލަތީފް ހޮވިވަޑައިގެންފި

ޑިމޮކްރެޓްސްގެ އިންތިޚާބު: ނަތީޖާއަށް ވީގޮތް ނޭނގި ގިނަބައެއްގެ ނުރުހުން އަމާޒުވެއްޖެ

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް

އިންތިޚާބުގެ ކުރިން ސީން ދެއްވި އިންޓަވިއު

އިންތިޚާބުގެ ކުރިން ޝަރީ ދެއްވި އިންޓަވިއު

ޓެގްސް: ދަ ޑިމޮކްރެޓްސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.