އީލަން މަސްކްގެ - ސޯޝަލްމީޑީއާ ޕްރޮފައިލެއްގައި

ޓެކްނޯލޮޖީ

މަސްކު ޓްވިޓާ އެއްކޮށް ގަންނަން ކުރާ މަސައްކަތް ހުއްޓުވަން އެކުންފުނީގެ ބޯޑުން ފިޔަވަޅުތަކެއް

ދާނިޝް - އެމެރިކާ | 19 އޭޕުރިލް 2022 , އަންގާރަ 09:32   215

އެންމެ ފަހުން ބޭއްވުނު ޓްވިޓާގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ޙިއްސާދާރުންގެ ފަރާތުން އާކަންތައްތަކެއް ތަޢާރަފްކޮށްފިއެވެ. މީގެތެރޭގައި އީލަން މަސްކް ޓުވިޓާ އެކީ އެއްކޮށް ގަތުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ރާވާފައިވެއެވެ.

ވިޔަފާރީގެ ދުނިޔޭގައި ބުނާގޮތުން، ނުރައްކާތެރި ވިހައަކުން ދިފާޢުވުމަށް ކުރާ މަސައްކަތެކެވެ. މީގެ ސަބަބުން ކުންފުނީގެ ހިއްސާދާރުންނަށް ކުންފުނީގެ ޙިއްސާ ގަނެވޭ އަދަދާއި ކުންފުނީގެ ހިންގުގުމުގައި އޮންނަ ބާރުތައް ހިފެހެއްޓިގެން ދާނެއެވެ.

ޓްވިޓާއިން ވަނީ މި ހުށެހެޅުން އެމެރިކާގެ ސެކިއުއެޓީ އެންޑް އެކްސްޗޭންޖް ކައުންސިލް އަށް މި ޕްލޭން ތަފްސީލުކޮށް ހުށަހަޅާފައެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް މި ޕްލޭނަށް އަމަލު ކުރެވޭނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އެޕްރީލް 4 ގައި ސިކުރިޓީސް އެކްސްޗޭންޖް ކަމިޝަން (އެސްއީސީ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މަސްކް ވަނީ ޓްވިޓާގެ 9 އިންސައްތަ ސްޓޮކް ގަނެ މިވަގުތު ޓްވިޓާގެ އެންމެ ބޮޑު ހިއްސާދާރަކަށް ވަނީ ވެފައެވެ.

ބޯޑް މެންބަރަކަށް ވުމުގެ ފުރުސަތު ދޫކޮށްލެވުމްށް ފަހު 13 އެޕަރީލް ގައި މަސްކް ވަނީ އެސްއިސީ އަށް ޓްވިޓާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.