ފޭސްބުކްގެ ސިސްޓަރ އެޕް އިންސްޓަގްރާމް އަކީ ޒުވާނުންގެ މެދުގައި މަޤްބޫލު ސޯޝަލްމީޑިއާ ޕްލެޓްފޯމެއް

ޓެކްނޯލޮޖީ

އިންސްޓާ ސްޓޯރީސްއަށް އެހެން މީހުންގެ ޕްރޮފައިލް ޝެއަރކުރެވޭގޮތް ހަދަނީ

އަލީ އަޒްޔަން - ދުނިޔެ | 30 ޑިސެންބަރު 2023 , ހޮނިހިރު 09:55   549

އިންސްޓާ ސްޓޯރީސްއަށް އެހެން މީހުންގެ ޕްރޮފައިލް ޝެއަރކުރެވޭގޮތް ހެދުމަށްޓަކައި އަންނަނީ މަސައްކަތްކުރަމުންނެވެ. ބައެއް ސަރަޙައްދުތަކުގައި މިފީޗާ އަންނަނީ މިހާރު ޓެސްޓުކުރަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން އިންޓާ އިން ވަނީ ޓްރެޑްސް އާއިވެސް ލިންކުކުރެވޭގޮތް ހަދާފައެވެ.

އަލަށް ގެންނަ ފީޗާ އާއިއެކު ސްޓޯރީގައި އެހެންމީހުންގެ ޕްރޮފައިލް ޝެއަރކުރެވުމުގެ އިތުރުން ފޯލޯވަރުންނަށް އެޝެއަކުރާ ޕްރޮފައިލް ބަލާލުމަށް އިންވިޓޭޝަން ވެސް ފޮނުވިދާނެއެވެ.

މިފީޗާރ ޓެސްޓުކުރުމުގެ މަރްހަލާ ކާމިޔާބުވެއްޖެނަމަ "އެޑް ޓު ސްޓޯރީ" ބަޓަނެއް ޕްރޮފައިލްތަކުން ފެނިގެންދާނެއެވެ. މީގެ ސަބަބުން ފޮލޯވަރުންނަށް އިތުރު ކޮންޓެންޓް ފެނިގެންދާނެކަމަށް އިންސްޓާ އިން އުއްމީދުކުރެއެވެ.

ބެލެވޭ ގޮތުގައި މިފީޗާ ތަޢާރަފްކުރެވިގެން ދާނީ އަންނަ އަހަރު ކުރީކޮޅުއެވެ.

ޓެގްސް: އިންސްޓަގްރާމް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.