ޙާދިސާގައި އަނދާއަޅިއަށްވި މަތިންދާބޯޓު (މަތިން)

ދުނިޔެ

ޖަޕާން އެއަރލައިންގެ ބޯޓު އެކްސިޑެންޓް، ކޯސްޓްގާޑް ބޯޓު ނައްޓާލީ ރަންވޭ ކްލިއަރެންސް ނުދެނިކޮށް

އަލީ އަޒްޔަން - އޭޝިއާ | 4 ޖެނުއަރީ 2024 , ބުރާސްފަތި 09:55   541

ޓޯކިޔޯގެ ހަނޭޑާ އެއާޕޯޓުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގަން މެދުވެރިވި ކޯސްޓްގާޑް މަތިންދާބޯޓް އުދުހުމަށް ކްލިއާކޮށްފައި ނުވާ ކަމަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

އަންގާރަ ދުވަހު ކުޑަ މަތިންދާބޯޓު ރަންވޭގައި ޖެހި ޖަޕާން އެއާލައިންސް (ޖޭއޭއެލް) ގެ ޕެސެންޖަރ ޖެޓެއް ޖެހިއްޖެ އެވެ. އެ ކުޑަ މަތިންދާ ބޯޓު ނައްޓާލަން އުޅުނީ އެޤައުމަށް އައި ބިންހެލުމުގެ ކާރިސާގައި ޙާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީގެތަކެތި ފޯރުކޮށްދިނުމަށެވެ.

ބޯޓު އުދުހުމުގެ ކުރިން އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ އިރުޝާދުތަކުގެ ތެރެއިން ނެރުނު ޓްރާންސްކްރިޕްޓްތަކުން ޖޭއޭއެލް އެއާބަސް އޭ350 (379 ޕަސިންޖަރުންނާއިއެކު ދަތުރުފެށި ބޮޑު މަތިންދާބޯޓު) ޖައްސަން ކްލިއާ ކުރިކަން ކަށަވަރުވި އެވެ.

ނަމަވެސް، އުދުހުމުގެ ހުއްދަ ކޯސްޓްގާޑް ބޮމްބާޑިއާ ޑޭޝް-8 (ކުޑަ މަތިންދާ ބޯޓު) އަށް ދީފައެއް ނުވެ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި ކޯސްޓްގާޑް މަތިންދާބޯޓުން ކޮންޓްރޯލް ޓަވަރާއި އެންމެ ފަހުން މުއާމަލާތް ކުރީ "ޓެކްސީ ޓު ހޯލްޑިން ޕޮއިންޓް" ގެ އިރުޝާދު ތަކުރާރު ކުރުމެވެ.

މި ޓްރާންސްކްރިޕްޓްތަކަކީ ކޯސްޓްގާޑް ބޯޓުގެ ކެޕްޓަން - ސަލާމަތްވި ހަ ފަޅުވެރިންގެ ތެރެއިން ހަމައެކަނި މީހާ - ޖޭއޭއެލް އެއާލައިން ކައިރިވަމުން ދިޔަ ރަންވޭއަށް ވަނުމުގެ ހުއްދަ ދީފައިވާ ކަމަށް އިންވެސްޓިގޭޓަރުންނަށް ކިޔައިދިން ގޮތާ ފުށުއަރާ ކަމެއް ކަމަށް ފެނެ އެވެ.

އެކްސިޑެންޓަށް ފަހު ސްޓޭޓް އޮފް ދަ އާޓް ޖޭއޭއެލް އެއާބަސް ބޯޓުގައި ތިބި ހުރިހާ 379 ފަސިންޖަރުންނާއި ކްރޫ ސަލާމަތުން ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޖަޕާން އެއާލައިންސްގެ ފްލައިޓް 516 ސަޕޯރޯގެ ނިއު ޗިޓޯސޭ އެއާޕޯޓުން ފުރައިގެން ދިޔައީ އެޤައުމު ގަޑިން 16:00 ގައި (ޖީއެމްޓީ 07:00) ހަނޭޑާ އަށް ޖައްސާފައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިއީ ކާބަން ފައިބަރު ރިއިންފޯސްޑް ޕްލާސްޓިކް ފަދަ ޒަމާނީ ތަކެތިން ގިނައިން ބޭނުންކޮށްގެން އުފައްދާފައިވާ އާ ބާވަތެއްގެ މަތިންދާބޯޓެއް ކަމަށްވާ އެއާބަސް އޭ350 މަރުކާގެ މަތިންދާބޯޓުތަކުގެ ތެރެއިން ހިނގި މިފަދަ ފުރަތަމަ ބޮޑު އެކްސިޑެންޓެވެ.

މަތިންދާބޯޓު އުފައްދާ ކުންފުނިން ޖަޕާނުގައި ކުރިއަށް ގެންދާ ތަހުގީގުގައި އެހީތެރިވުމަށް ސްޕެޝަލިސްޓުންގެ ޓީމެއް ފޮނުވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިލިޔުމާއި ގުޅޭ:

ޖަޕާން އެއާރލައިނުން ދަތުރިކުރި 379 ޕަސިންޖަރުން ސަލާމަތްވީ ޙައިރާންކުރަނިވިިގޮތަކަށް

ޓެގްސް: ޖަޕާން މަތިންދާ ބޯޓުގެ ޙާދިސާތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.