ދުނިޔޭގެ އެންމެ އަގުބޮޑު ސޮފްޓްވެއާރތައް އުފައްދާ އެއްކުންފުނި ސެޕް

ވިޔަފާރި

ސެޕް ސޮފްޓްވެއާ ކުންފުނިން ރިޝްވަތުދިނުމުގެ ކުށުގައި 220 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ

އަލީ އަޒްޔަން - އެމެރިކާ | 11 ޖެނުއަރީ 2024 , ބުރާސްފަތި 09:08   467

ދުނިޔޭގެސޮފްޓްވެއާ ޖަޔަންޓް ސެޕް އިން ދުނިޔޭގެ އެކި ޤައުމުތަކަށް ނިސްބަތްވާ ސަރުކާރުގެ އޮފިޝަލުންނާ ގުޅޭ ރިޝްވަތުގެ ދައުވާތައް ސާބިތުވުމާއި ގުޅިގެން 220 މިލިއަން ޑޮލަރު (172 މިލިއަން ޕައުންޑް) ދައްކަން އެއްބަސްވެއްޖެ އެވެ.

އާންމުކޮށް ބޭރުގެ ވިޔަފާރި ކޮންސަލްޓަންޓުން މެދުވެރިކޮށް ރޫޓް ކުރާ މި ފައިސާ އާއި ހަދިޔާތަކަކީ ދެކުނު އެފްރިކާ، އިންޑޮނޭޝިއާ އަދި އެހެން ގައުމުތަކުގައި ވިޔަފާރި ކާމިޔާބު ކުރުމަށް އެހީތެރިވުމަށް ކުރާ ފައިސާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ.

ތުހުމަތު ކުރެވޭ ގޮތުގައި އެ ސްކީމްތައް ހިންގަމުން އައީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.

އެސްއޭޕީން ބުނީ އިންވެސްޓިގޭޓަރުންނަށް އެއްބާރުލުންދީ ސިޔާސަތުތަކަށް އިސްލާޙީ ބަދަލު ގެނެސް ފިޔަވަޅު އަޅާފައިވާކަމަށެވެ.

"ސެޕް ދަނީ އެތިކްސް އާއި ކޮމްޕްލައިންސްގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ސަމާލުކަން ދެމުން،" އެކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ.

ޖަރުމަނުގައި މައި އޮފީސް ހުންނަ އަދި އެމެރިކާގައި ހިއްސާ ލިސްޓްކޮށްފައިވާ އެސްއޭޕީ އަކީ ދުނިޔޭގެ އެންމެ ބޮޑު ސޮފްޓްވެއާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

އެމެރިކާގެ ކޯޓު ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އެފްރިކާ، އަޒަރުބައިޖާން އަދި އިންޑޮނޭޝިއާގެ އިތުރުން ފަސް ގައުމެއްގައި ހިންގި އެ ސަބްސިޑަރީ ކުންފުނިތަކުން ރިޝްވަތުގެ ސްކީމްތަކުގައި ހަރަކާތްތެރިވެ، ކޮރަޕްޝަނުގެ ގިނަ ޢަމަލުތަކެއް ހިންގާފައިވާކަމަށް ބައިނަލްޢަޤްވާމީ ރިޕޯޓްތައް ބުނެއެވ.

ޓެގްސް: ސޮފްޓްވެއާރ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.