އެންމެފަހުން މިދެޓީމު ބައްދަލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު، މިރޭގެ މެޗު ފެށޭނީ ރާއްޖެ ގަޑިން...

ކުޅިވަރު

ފުޓުބޯޅަ : އިޓާލިއަން ލީގުގައި އެންމެ ވަރުގަދަ ދެ ޓީމު، އިންޓަރ އާއި ޖުވެންޓަސް ބައްދަލުކުރުން މިރޭ

އަލީ އަޒްޔަން - ޔޫރަޕް | 3 ފެބުރުއަރީ 2024 , ހޮނިހިރު 14:58   447

އިޓާލިއަން ލީގު (ސީރީ-އާ) ގައި އެންމެ ވަރުގަދަ ދެ ޓީމު، މިލާނާއި ޖުވެންޓަސް މިރޭ ބައްދަލުކުރާނެއެވެ. މިމެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:45 ގައެވެ.

އިންޓަރ މިލާން އޮތީ 21 މެޗު ކުޅެ 54 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައެވެ. އަދި ޖުވެންޓަސް އޮތީ ދެވަނައިގައެވެ. އެއީ 22 މެޗު ކުޅެގެން 53 ޕޮއިންޓާއި އެކުއެވެ.

މި ދެޓީމު ވެސް އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައި ނުވެއެވެ. އަދި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މިރޭ ގެ މެޗު ކުޅޭނީ 97 އަހަރުގެ ތާރީޚެއް އޮތް އިޓަލީގެ ސަން ސީރޯ ސްޓޭޑިއަމްގައެވެ. އެއީ 80،000 މީހުންގެ ޖާގައިގެ އިންޓާ ގެ އަމިއްލަ ސްޓޭޑިއަމް އެކެވެ.

މިރޭގެ މެޗުގައި ޖުވެންޓަސް އިން ޑިފެންސިވް ކުޅުމެއް ދައްކާނެ ކަމަށް ބެލެވޭއިރު، ޕްރެޑިކްޝަންސްތައް ދައްކާގޮތުން މެޗު ކާމިޔާބުކުރާނީ 1 ލަނޑުގެ ތަފާތަކާއިއެކު އިންޓާ އިންނެވެ.

ޓެގްސް: ޔުވެންޓަސް އިންޓަރމިލާން ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.