އޭއާއި ބޭނުންކޮށްގެން ހަދާފައިވާ ޗެޓްއެޕް ޗެޓް-ޖީޕީޓީ، މި ފީޗާރ ފެންނާނެކަމަށް ބެލެވެނީ...

ޓެކްނޯލޮޖީ

އެޕަލް އައިފޯނަށް ޗެޓް-ޖީޕީޓި ކަހަލަ އޭއައި ފީޗާއެއް ތަޢާރަފްކުރަނީ

އަލީ އަޒްޔަން - ދުނިޔެ | 3 ފެބުރުއަރީ 2024 , ހޮނިހިރު 15:53   458

އެޕަލްގެ ސީއީއޯ ޓިމް ކޫކް ދާދިފަހުން ވަނީ އެޕަލްގެ ޑިވައިސްތަކުގެ ލައިނަޕް އަށް ޖެނެރޭޓިވް އެއައި ފީޗާސް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެއްބަސްވެފަ އެވެ.

އެޕަލްގެ ސީއީއޯ ޓިމް ކޫކް ވަނީ ކުއާޓަރލީ އާމްދަނީ ކޯލްގައި އެޕަލްގެ ޖެނެރޭޓިވް އެއައި ފީޗާސް ތަރައްގީ ކުރަމުންދާކަން ރަސްމީކޮށް ކަށަވަރުކޮށްދީފަ އެވެ. ކޫކް ވިދާޅުވީ އެކުންފުނީގެ ޖެނެރޭޓިވް އެއައި ޕަވަރޑް ސޮފްޓްވެއާ ފީޗާސް އެޕަލްގެ ޕްރޮޑަކްޓްތައް ބޭނުންކުރާ ފަރާތްތަކަށް "މި އަހަރުގެ ފަހުކޮޅު" ލިބޭނެ ކަމަށް ބެލެވޭކަމަށެވެ.

ކޫކްގެ މި ވާހަކަތަކަކީ ބްލޫމްބާގްގެ މާކް ގުރްމަން ހިމެނޭ ގޮތަށް ސިނާއަތުގެ ތަޖުރިބާކާރުން ހިއްސާކުރާ ވިސްނުންތަކާ އެއްގޮތްވާ ވާހަކަތަކެކެވެ. ޝައްކުތަކެއް އުފެދުނު ނަމަވެސް، މިހާރު ފެންނަން އޮތް ގޮތުގައި އައިއޯއެސް 18 އަކީ އޮޕަރޭޓިން ސިސްޓަމްގެ ތާރީހުގައި ވެސް "އެންމެ ބޮޑު" އަޕްޑޭޓަކަށް ވާނެ އެވެ. އައިއޯއެސް 18 ހާމަކުރާނެ ކަމަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅު، ހޫނު މޫސުމުގައި ޑަބްލިޔުޑަބްލިޔުޑީސީގެ ތެރެއިންނެވެ.

“ކުރިއަށް ބަލާއިރު އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ބައްޓަންކުރާނެ މި ޓެކްނޮލޮޖީތަކާއި އެހެނިހެން ޓެކްނޮލޮޖީތަކަށް އިންވެސްޓް ކުރަމުން ގެންދާނަން. އެއީ އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ހިމެނޭ ގޮތަށް، އަޅުގަނޑުމެން ކުރިއަށް ގެންދަނީ ބޮޑު ވަގުތާއި ބުރަ މަސައްކަތެއް، އަދި މިހާރު އެ ކުރިއަށްދާ މަސައްކަތުގެ ތަފްސީލުތައް މިއަހަރުގެ ފަހުކޮޅު ހިއްސާ ކުރަން ރޭވިފައި އޮތީ” ޓިމް ކޫކް ވިދާޅުވި އެވެ.

ކޫކް ނިންމާލަމުން ބުނީ ޖެނެރޭޓިވް އެއައި އާއި އެކު އެޕަލް އަށް "ބޮޑު ފުރުސަތެއް" އެބައޮތް ކަމަށާއި ނަމަވެސް އަދި ހަގީގަތުގައި ތަފްސީލުތަކުގެ ތެރެއަށް ދެވެން ނެތް ކަމަށެވެ.

ޓެގްސް: އޭއައި އައިފޯން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.