އެޕަލް ކުންފުނީގެ އައިފޯން 15 ދައްކާލަނީ

ޓެކްނޯލޮޖީ

އެޕަލް އިން މިދިޔަ 10 އަހަރުތެރޭ ކިތައް އައިފޯނު ވިއްކާފައިވާކަން އެނގޭތަ؟

އަލީ އަޒްޔަން - ދުނިޔެ | 20 ފެބުރުއަރީ 2024 , އަންގާރަ 10:02   681

މުޅިދުނިޔޭގައި ވެސް އެންމެ މަޤްބޫލު ފޯނުގެ ގޮތުގައި އޮތް އެޕަލް ކުންފުނީގެ އައިފޯނަކީ ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ފޯނެކެވެ.

އެ ކުންފުނީގެ ބާނީ ސްޓީވް ޖޮބް ކެންސަރުގެ އާލާސްކަންފުޅާއި މިދުނިޔެ ދޫކޮށްފައި ވީނަމަވެސް، އައިފޯން އިން ތަޢާރަފްކުރާ ފީޗަތަކަށް މީހުން ޝައުގުވެރިވެއެވެ. އަދި ފޯނަށް އޮތް މަޤްބޫލުކަން ކުޑައެއް ވެސް ނުވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، އައިފޯން ވިއްކާ އަދަދު ފާއިތުވެދިޔަ 10 އަހަރުތެރޭގައި ވަނީ ދެގުނަވެފައިކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މީގެ 10 އަހަރު ކުރިއަށް ޖެހިލާއިރު، 2013 ވަނަ އަހަރު އެޕަލް އަށް ވިއްކިފައިވަނީ 153.4 މިލިއަން އައިފޯނެވެ.

ނަމަވެސް 2023 ވަނަ އަހަރު އެކުންފުނިން ވަނީ 235 މިލިއަން އައިފޯން ވިއްކާފައެވެ. މި އާއިއެކު މުޅި ދުނިޔޭގައި ވެސް އެންމެ މަޤްބޫލު ފޯނުގެ ގޮތުގައި އޮތީ ވެސް އައިފޯނެވެ.

ފާއިތުވެދިޔަ ދަހަރު [ދިހަ އަހަރު] ތެރޭގައި އައި އެޕަލް އިން ވަނީ 2.3 ބިލިއަން އައިފޯން ވިއްކައިގެން 1.65 ޓްރިލިއަން ޑޮލަރުގެ ސޭލްސް އައިފޯން ވިއްކައިގެން ހޯދާފައެވެ.

ނަމަވެސް ވާދަވެރި ސެމްސުންގ އިން ވަނީ މިމުއްދަތުގައި 800 ފޯން އިތުރަށް ވިއްކާފައެވެ.

ޓެގްސް: އައިފޯން މޮބައިލް ފޯން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.