މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރު

ކުޅިވަރު

ފުޓްބޯލް: މެންޗެސްޓަރ އާއި ފުލްހަމް ބައްދަލުކުރާ މެޗް މިރޭ

އަލީ އަޒްޔަން - ޔޫރަޕް | 24 ފެބުރުއަރީ 2024 , ހޮނިހިރު 13:51   259

އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓަރ އާއި ފުލްހަމް ބައްދަލުކުރާ މެޗް މިރޭ ބައްދަލުކުރާނެއެވެ. މި މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރުއެވެ.

ޕްރެމިއާ ލީގުގައި ދެން ކުޅެން 13 މެޗެއް އޮތް އިރު، ފުލްހަމަ އުޅެނީ ޓޭބަލްގެ މެދުތެރޭގައެވެ. އަދި ޔުނައިޓެޑް އޮތީ 44 ޕޮއިންޓާއިއެކު ޓޭބަލްގެ 6 ވަނައިގައެވެ.

ޔުނައިޓެޑުން ވަނީ ގޯލް ޖެހުމުގެ ރަނގަޅު ރެކޯޑެއް ދަމަހައްޓާފައެވެ. އެޓީމުން ވަނީ 12 މެޗެއްގައި 18 ގޯލް ޖަހާފައެވެ. އަދި ކުޅުނު 25 މެޗުގެ ތެރެއިން މުޅުވެވުނީ 14 މެޗަކުންނެވެ. ފުލްހަމް މޮޅުވީ 8 މެޗުންނެވެ.

ފުލްހަމް އެންމެފަހުން ކުޅުނު މެޗުގައި މެންޗެސްޓާރ ޔުނައިޓެޑް އާއި ދެކޮޅަށްކުޅެ 1-2 ގެ ނަތީޖާއަކުން ބަލިވެފައިވެއެވެ.

ޓެގްސް: މެންޗެސްޓަރ ޔުނައިޓެޑް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.