ފަރަންސޭސި ކުޅުންތެރިޔާ، އެޑްރިއަން ރަބިއޯޓް

ކުޅިވަރު

ފްރާންސްގެ މިޑްފީލްޑާރ ރަބިއޯޓް ހޯދުމުގެ ރޭހުގައި ލިވަޕޫލް އާއި އާސެނަލް ވާދަކުރަނީަ

އަލީ އަޒްޔަން - ޔޫރަޕް | 28 ފެބުރުއަރީ 2024 , ބުދަ 08:55   496

ލިވަޕޫލުން މި ހޫނު މޫސުމުގައި ޔުވެންޓަސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯޓް ގެނައުމުގެ ރޭހުގައި އާސެނަލްއަށް ވާދަކުރުމަށް އެކްލަބުން ނިންމައިފިއެވެ.

ފްރާންސްގެ ކުޅުންތެރިޔާ ޕްރިމިއާ ލީގަށް ބަދަލުވާން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަމިއްލަ ޝަރުތުތަކާއިހެދި ހިޔާލުތަފާތުވުމުންތަކެއް އުފެދި 2022 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށް ކުރުމަށް ކުރެވުނު މަސައްކަތް މަޑުޖެހުނެެވެ.

އޭގެ ފަހުން ރަބިއޯޓް އަކީ ގިނަ ގޯލުތަކެއް ޖަހައިގެން ބިއަންކޮނޭރީގެ ސްޓާޓަރެއް ނަމަވެސް މިހާރުގެ ސީޒަން ނިމުމުން އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ކްލަބުން ވަކިވެގެންދާނެ އެވެ.

މިޑްފީލްޑަރުގެ މަޑުޖެހުމުގެ މުއްދަތު އިތުރުކުރުމަށް މިފަދަ ކޮންޓްރެކްޓް ޝަރުތުތައް ގަބޫލުކުރަން ބޭނުންނުވާކަމަށާއި އަންނަ އަހަރު ޕްރިމިއާ ލީގުގައި ކުޅެން ބޭނުންވާކަމަށް ބުނެފައިވެއެވެ.

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ ކުރީގެ ކުޅުންތެރިޔާ އާސެނަލުން ދިގު މުއްދަތަކަށް ބޭނުންވި ނަމަވެސް އޭނާ ހޯދުމަށް ލިވަޕޫލްގެ ވާދަވެރިކަމާ ބޮޑުވާނެކަމަށް ބެލެވެއެވެ.

އުމުރުން 28 އަހަރުގެ ރަބިއޯޓް ވަނީ މި ސީޒަނުގައި ބިއަންކޮނޭރީއަށް ހަތަރު ގޯލާއި ތިން އެސިސްޓް ފޯރުކޮށްފަ އެވެ. އޭނާ ވަނީ އެތައް ފަހަރަކު އެ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.

ޔުވެންޓަސް އިން އޭނާ މަޑުކުރަން ވިސްނައިދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާއިރު، ރަބިއޯޓް މިހާރު ބަލަނީ އަހަރަކު ހަތް މިލިއަން ޔޫރޯއަށް މުސާރަ މައްޗަށް ޖެއްސުމަށްކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެގްސް: ލިވަރޕޫލް އާސެނަލް ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް ޔުވެންޓަސް ޔުވެންޓަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.